ރާއްޖޭގައި މިއޮތީ މުޅިން ރިޔާސީ އަދި މުޅިން ބަރުލަމާނީ ނިޒާމެއްވެސް ނޫން ކަމަށާއި މިއީ މަސްހުނި ނިޒާމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. މަޑަވެލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖޭގައި މިއޮތީ ރައްޔިތުން ދެފަހަރަށް ގޮތްނިންމަންޖެހޭ ނިޒާމެއް ކަމަށާއި މި ނިޒާމު ބައްޓަންކޮށްފައި އޮތީ ރައްޔިތުން ގޮތް ހުސްވާ ގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އޮތީ ރައްޔިތުން ވަކި ގޮތަކަށް އަމަލުކުރަން ކަނޑައަޅާފައިވާ ނިޒާމެއް ކަމަށާއި މިއީ ފުރިހަމަ ރިޔާސީ ނިޒާމެއް އަދި ފުރިހަމަ ބަރުލަމާނީ ނިޒާމެއްވެސް ނޫން ކަމަށެވެ.
“މަސްހުނި ނިޒާމެއް. މުޅިން ރިޔާސީއެއް ނުވެ. މުޅިން ބަރުލަމާނީއެއް ނުވެ. މަސްހުނި ނިޒާމެއް ގާނޫނުއަސާސީގައި މި އޮތީ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ނިޒާމަށް މަސައްކަތް ކުރަން މަސައްކަތްކުރަން އުޅުމުން ކަންކަން ބޮއްސުންލައިގެން ދިއުމުގެ ފުރުސަތު އޮންނަ ކަމަށާއި އެހެންކަމުން މަޖިލިސް އިންތިހާބުގައި ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރެއްވި ޒިންމާ، އަދާކުރެވޭނެ ގޮތަކަށް ވިސްނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ސަރުކާރު ވަކި މިސްރާބަކަށް ގެންދިއުމުގައި ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިއްމު ބާރެއް ލިބިގެންވާ ތަނެއް ކަމަށް ރައީސް މިއަދުވަނީ ވިދާޅުވެފައެވެ.
ރައީސް މިމޭރުމުން ވިދާޅުވެފައިވާއިރު މިއަހަރުގެ މަޖިލީހުގެ އިންތިޚާބު މާރޗް 17 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު