ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން (ޑީއެންއާރް)
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން (ޑީއެންއާރް)
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ވެރިފަރާތުގެ ސިޓީއެއް ހުށައެޅުމުން އެހެން މީހުނަށްވެސް ކާޑު ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ހާމަކޮށްފިއެވެ.

ޑީއެންއާރުން މިއަދު ބުނެފައިވަނީ މިގޮތަށް ނިންމީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކަމަށެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ވެރިފަރާތް ނޫން ފަރާތްތަކަށްވެސް ވެރިފަރާތުގެ ސިޓީއެއް ހުށައެޅުމުން އައިޑީކާޑު ދޫކުރާނެ ކަމަށް ޑީއެންއާރުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެހެން ފަރާތަކުން އައިޑީކާޑާއި ހަވާލުވުމަށްފަހު ވެރިފަރާތަށް ކާޑު ނުލިބިގެން ޑީއެންއާރަށް ޝަކުވާއެއް ހުށަހަޅައިފިނަމަ އެ މައްސަލައެއް ފުލުހަށް ހުށަހަޅާނެ ކަމަށް ޑީއެންއާރުން ވަނީ ބުނެފައެވެ.

ކުރިން އުސޫލު އޮންނަ ގޮތުން ވެރިފަރާތް ނޫން އެހެން މީހަކަށް އައިޑީކާޑު ދުލެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން