ސަރުކާރުތައް ބަދަލުވިޔަސް މިޤައުމު ނުހުއްޓި ކުރިޔަށްދާނެ ކަމަށާއި އެހެންކަމުން ސަރުކާރުން މިހާރަށްވުރެ ޒިންމާދާރުވާންޖެހޭ ކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
އަމީރު މި މޭރުމުން ވިދާޅުވެފައިވަނީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ރާއްޖެ 120 ބިލިއަން ރުފިޔާއިން ދަރުވާލާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އަމީރު ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު ދަޢުލަތުގެ ބޭރުގެ ދަރަނީގެ ޖުމްލައަކީ 51.1 ބިލިއަން ރުފިޔާ ކަމަށެވެ. އެގޮތުން އެ ދަރަންޏަކީ ސިދާ ދައުލަތުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ 37.3 ބިލިއަން ރުފިޔާ އާއި ދަޢުލަތުން ސޮވްރިންގ ގެރެންޓީދީގެން ނަގާފައިވާ 13.7 ބިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ސަރުކާރުތައް ބަދަލުވިޔަސް މި ޤައުމު ނުހުއްޓި ކުރިޔަށްދާނެ ކަމަށާއި 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ޙަވާލުވީއިރުވެސް އެކިފަރާތްތަކަށް ދައްކަންޖެހޭ ދަރަނިތައް ހުރިކަމަށެވެ.
“އަޅުގަނޑުމެން އޭރު ކޮންމެ މިނިސްޓްރީއަކުން އެވާހަކަ ދައްކާ ނަހަދަން. ތިޔަށްވުރެ ޒިންމާދާރުވާންޖެހޭ.” އަމީރު ވިދާޅުވެފައިވެއެވެ.
އަމީރު މިމޭރުމުން ވިދާޅުވެފައިވާއިރު ދާދިފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މީގެކުރިން އެއްވެސް ސަރުކާރަކުން ރާއްޖެ ވައްޓާލާފައިނުވާހާ ދަށް ހާލަތަކަށް ދަރަނީގެ ގޮތުން މިދިޔަ ސަރުކާރުން ރާއްޖެ ވައްޓާލާފައިވާކަމަށެވެ.

ސަރުކާރުތައް ބަދަލުވިޔަސް މި ޤައުމު ނުހުއްޓި ކުރިޔަށް ދާނެ. 2018 ވަނަ އަހަރު ސަރުކާރު ބަދަލުވިއިރުވެސް އެތައް ބިލިއަން ރުފިޔާގެ ބިލް ޕޭ ކުރަން ހުރި. އަޅުގަނޑުމެން އޭރު ކޮންމެ މިނިސްޓްރީއަކުން އެ ވާހަކަ ދައްކާ ނަހަދަން. ތިޔަށްވުރެ ޒިންމާދާރުވާންޖެހޭ. https://t.co/Jbk8O8fZNH
— Ibrahim Ameer (@iameeru) February 20, 2024
އަމީރު މިމޭރުމުން ވިދާޅުވެފައިވާއިރު ދާދިފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މީގެކުރިން އެއްވެސް ސަރުކާރަކުން ރާއްޖެ ވައްޓާލާފައިނުވާހާ ދަށް ހާލަތަކަށް ދަރަނީގެ ގޮތުން މިދިޔަ ސަރުކާރުން ރާއްޖެ ވައްޓާލާފައިވާކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު