މަސްވެރިންވެސް ރައްޔިތުންގެ މުދަލަށް ގެއްލުން ދީގެން ނުވާނެ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގައި ހުންނެވުމަށްފަހު ދާދިފަހުން ޕީއެންސީއަށް ގުޅިވަޑައިގެންފައިވާ ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއިރު މަސްވެރިންނަށް ލިބެންޖެހޭ 3 މަސްދުވަހުގެ ފައިސާ ނުލިބޭ ކަމަށްބުނެ ކޫއްޑޫގައި މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން މަސްވެރިން ދަނީ އިޙްތިޖާޖު ކުރަމުންނެވެ. އިޙްތިޖާޖުގައި ތިބި މަސްވެރިން ހަމަޖެއްސުމަށް މަސްވެރިކަމާ ބެހޭ ވަޒީރު ކޫއްޑޫއަށް ވަޑައިގެން ހުށައެޅުއްވި ޙައްލުތަކަށްވެސް މަސްވެރިން އެއްބަސްވެފައެއް ނުވެއެވެ.
މަސްވެރިން ކޫއްޑޫގެ އޮޕަރޭޝަން ހުއްޓުވައި ކުރަމުންދާ އިޙްތިޖާޖާ ގުޅިގެން ޝަރީފް ވިދާޅުވީ މަސްވެރިންތަކެއް ކޫއްޑޫ މަސްޕްލާންޓަށް ގެއްލުން ދިނުމުން އޭގެ ގެއްލުން ހުރިހާ މަސްވެރިންނާއި ރައްޔިތުންނަށް ކުރާނެ ކަމަށެވެ. އަދި މިއީ އެއްވެސްބަޔަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި މީ ނުރައްކާތެރި ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
"މީ ވަރަށް ނުރައްކާތެރި ކަމެއް. ލޯ އެންޑް އޯޑަރ ޤައުމުގައި ގެއްލިގެން ހިނގައިދާނެ ފަދަ ބިރުވެރި ޢަމަލެއް." ޝަރީފް ވިދާޅުވިއެވެ.
މަސްވެރިންގެ އިޙްތިޖާޖު ބިރުވެރި ކަމެއްގެ ގޮތުގައި ޝަރީފް ސިފަކުރަށްވާފައިވާއިރު މަސްވެރިން ބުނަމުންދަނީ އިޙްތިޖާޖު ހުއްޓާލާނީ މަސްވެރިންނަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ލިބުމުން ކަމަށެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ މަސްވެރިންނަށް ދޭންޖެހޭ 100 މިލިއަން ރުފިޔާ މި މަހުގެ 26ގެ ކުރިން އަދި ބާކީ ހުރި ފައިސާ އަންނަ މަހުގެ ފަހެއްގެ ކުރިން ދެއްވާނެ ކަމަށެވެ.

Masverin thakeh Koodoo masplantah gellun dhinumun eyge gellun hurihaa masverinnaa rayyithunah kuraane. Evves bayaku rayyithunge mudhaleh gellun dhinumakee koggen vaane kameh noon. Mee varahnurakkaatheri kameh. Law n Order gaumu ga gelligen hingaidhaane fadha biruveri amaleh pic.twitter.com/sWfIzVBZmP
— Ibrahim Shareef (@AdduShareef) February 21, 2024
މަސްވެރިންގެ އިޙްތިޖާޖު ބިރުވެރި ކަމެއްގެ ގޮތުގައި ޝަރީފް ސިފަކުރަށްވާފައިވާއިރު މަސްވެރިން ބުނަމުންދަނީ އިޙްތިޖާޖު ހުއްޓާލާނީ މަސްވެރިންނަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ލިބުމުން ކަމަށެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ މަސްވެރިންނަށް ދޭންޖެހޭ 100 މިލިއަން ރުފިޔާ މި މަހުގެ 26ގެ ކުރިން އަދި ބާކީ ހުރި ފައިސާ އަންނަ މަހުގެ ފަހެއްގެ ކުރިން ދެއްވާނެ ކަމަށެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު