ފާތިމަތު ނަޒީފާ އަޙްމަދު   22 ފެބްރުއަރީ 2024 - 0:3
މޫސުން ގޯސްވެ، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އެގޮތުން މިއަދު ހަވީރު 6:55 އިން ފެށިގެން މިރޭ 10:30 ގެ ނިޔަލަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން، މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން