ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ފަތުރުވެރިންގެ ބޭނުމަށް މޯލްޑިވިއަންގެ ބޯޓުތަކުން ގެންނަ ސާފް ބޯޑަށް ނަގާ "ސާފްބޯޑު ސާޗާޖް" ކުޑަކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރާޅާއެޅުމަށް ފަތުރުވެރީން ބޭނުންކުރާ ސާފް ބޯޑު، މޯލްޑިވިއަންގެ މަތިންދާބޯޓުތަކުން ގދ. ގައްދުއަށް އުފުލުމަށް ދެކޮޅު ޓިކެޓާއެކު 800 ޑޮލަރު ނަގާކަން ފާހަގަކޮށް ގދ. ގައްދޫ، ފެހިވިނަ، އަޙްމަދު ރަޝީދު ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެން ރައީސް ވިދާޅުވީ، ސާފް ބޯޑަށް ނަގާ ޗާޖަކީ ގިނަ ރާޅާއެޅުންތެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ފަރާތުން ފާހަގަވެފައިވާ ކަންބޮޑުވުމެއް ކަމަށެެވެ.

"އަޅުގަނޑު މިކަމާ ވާހަކަ ދައްކައިގެން އިރާދަ ކުރެއްވިއްޔާ ރަނގަޅު ހައްލެއް ގެނެސްދޭނަން،" ރައީސް ވިދާޅުވިއެވެ.



ރާއްޖޭގެ ޒުވާނުންނަށް ރަށާއި ގާތުން ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ އިންތިޚާބީ ވަޢުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން