ނަފްސާނީ ބައްޔަކީ އެކަމަށް އެންމެންވެސް ސަމާލުކަންދޭންޖެހޭ ބައްޔެއްކަމަށާއި އެ ބަލީގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަމަށް ބޮޑެތި އަސަރުތަކެއް ކުރާކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ނަފްސާނީ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މިއަދު އިފްތިތާހުކުރި ނެޝަނަލް މެންޓަލްހެލްތް ހެލްޕްލައިން އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޚަލީލް ވިދާޅުވީ، ރާއްޖޭގައި އެންމެބޮޑަށް ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެފައިވަނީ ޒުވާނުންކަމަށެވެ. އެހެންކަމުން އެއީ ގައުމުގެ ލެވެލްގައި ފުންކޮށް ވިސްނާ އެކަމަށް ހައްލުތަކެއް ހޯދަންޖެހޭ ކަމެއްކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި ޒުވާނުން އެ ބަލި ތަހައްމަލު ކުރަންޖެހޭ މިންވަރު ގިނަވާވަރަކަށް ގައުމީ އުފެއްދުންތެރިކަން ދަށަށް ދާކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، އެ މައްސަލަތަކަށް ހައްލު ހޯދުމުގައި މިއަދު އިފްތިތާހު ކުރެވުނު ހެލްޕްލައިން މުހިންމު ރޯލެއް އަދާކުރާނެކަމަށް ވެސް ވިދާޅުވިއެވެ.
"މިއާއިއެކު އަޅުގަނޑުމެންގެ މުޖުތަމައުތެރޭގައި މިހާރު ނަފްސާނީގޮތުން ދިމާވެފައިހުރި ވަރަށް ގިނަ މައްސަލަތަކުގެ ހައްލު އިރާދަކުރެއްވިއްޔާ ލިބިގެންދާނެ." ޚަލީލް ވިދާޅުވިއެވެ.

Highlights from the Ministers speech during the launching of Mental Health Helpline @abkhaleel #Haftha14 #MentalHealthMatters pic.twitter.com/HcUChXvMJW
— Ministry of Health (@MoHmv) February 21, 2024
އެހެންކަމުން، އެ މައްސަލަތަކަށް ހައްލު ހޯދުމުގައި މިއަދު އިފްތިތާހު ކުރެވުނު ހެލްޕްލައިން މުހިންމު ރޯލެއް އަދާކުރާނެކަމަށް ވެސް ވިދާޅުވިއެވެ.
"މިއާއިއެކު އަޅުގަނޑުމެންގެ މުޖުތަމައުތެރޭގައި މިހާރު ނަފްސާނީގޮތުން ދިމާވެފައިހުރި ވަރަށް ގިނަ މައްސަލަތަކުގެ ހައްލު އިރާދަކުރެއްވިއްޔާ ލިބިގެންދާނެ." ޚަލީލް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު