ޕެނަޑޯލް
ޕެނަޑޯލް
މިއަދުން ފެށިގެން ޕެނަޑޯލް ވިއްކުމާއި ބޭނުންކުރުމުގެ ހުއްދަ ދީފައިވާކަމަށް އެމްއެފްޑީއޭއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނީ ޕެނަޑޯލް ބޭހުގައި ހުންނަންޖެހޭ މިންވަރަށް ސްޓްރެންތު ހުރިކަން ލެބޯޓަރީ ތަހުލީލުތަކުން ޔަގީންވެފައިވާ ކަމަށާއި، ބޭހުގައި މައްސަލައެއް ނެތް ކަމަށެވެ.

އޭގެއިތުރުން ޕެނަޑޯލްގެ 500 މިލިގްރާމު ގުޅަ ބޭހުން ފާހަގަވި ކޮލިޓީ މައްސަލައަކީ ބޭސް އުފުލައި ގެންގުޅޭއިރުގައާއި ގުދަންކުރުމުގައި މިންގަނޑުތައް ހިފެހެއްޓިފައި ނުވުމުގެ ސަބަބުން ފާހަގަވީ މައްސަލައެއް ކަމަށް އެމްއެފްޑީއޭއިން މައުލޫމާތުދެއެވެ.

މިފަދަ މައްސަލަތައް ތަކުރާރު ނުވެ، ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް އެ އޮތޯރިޓީން ޕަބްލިޝްކޮށް، ބޭސް ވިއްކާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.

އެމްއެފްޑީއޭއިން ބުނީ ޕެނަޑޯލްގެ ކޮލިޓީ މައްސަލަ ފާހަގަވީ މިދިޔަ ޖެނުއަރީ 30 ގައި ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމަށް ހަދާ "ޕޯސްޓް މާކެޓް ސާވައިލަންސް ޕްލޭން" ގެ ދަށުން ނެގި ރެންޑަމް ސާމްޕަލްތަކަކުން ޕެނެޑޯލްގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެޓިފައިވާކަން ފާހަގަވުމާ ގުޅިގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން