ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ޖުމްހޫރީ ޕާޓީގައި 16 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެމްޑީޕީއަށް ސޮއިކުރަށްވައިފިއެވެ.

ފައިސަލް ވަނީ މިދިޔަ މަހުގެ 21 ގައި ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގެންނެވި ފޯމު ހަވާލުކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއެވެ. އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު ފައިސަލް ވިދާޅުވީ، އޭނާގެ ފިކުރަށާއި، ސިޔާސަތަށް ބަދަލު ނާންނަ ކަމަށާއި، މިދިޔަ 20 އަހަރުވެސް ކުރެވެނީ އެއް މަސައްކަތެއް ކަމަށެވެ. އޭގެއިތުރުން ސިޔާސަތުތަކާއި، ފިިކުރު ދަސްކޮށްދީ، ރައްޔިތުންގެ ގާތުން މަސައްކަތްކުރަން ދަސްކޮށްދިން ޕާޓީއަކީ އެމްޑީޕީ ކަމަށް ފައިސަލް ވިދާޅުވިއެވެ.

2004 ވަނަ އަހަރު ރައްޔިތުންގެ ހާއްސަ މަޖިލީހުން ސިޔާސީ ޙަޔާތް ފެއްޓެވި ފައިސަލަކީ އެމްޑީޕީގެ ފުރަތަމަ ގައުމީ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ އޭގެ ފަހުންނެވެ.

ފައިސަލަށް ރާއްޖޭގެ ނާއިބް ރައީސް ކަމުގެ މަގާމު ލިބިވަޑައިގަތީ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހަމަޖެއްސުމަށް ފަހު ރަނިންމޭޓުގެ ސްލޮޓް ޖޭޕީއަށް ދިނުމުން އެޕާޓީގެ ކައުންސިލްގައި ނެގި ވޯޓު ކާމިޔާބު ކުރަށްވައިގެންނެވެެ. އޭނާއަކީ އާ ގާނޫނު އަސާސީ އުފެދުނު ފަހުން ދައުރެއް ފުރިހަމަކުރި ހަމައެކަނި ނައިބު ރައީސެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން