ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
55 އަހަރުވެގެން ރިޓަޔާވާ މުވައްޒަފުންނަށް ޕެންޝަން ހަމަޖެއްސުމުގެ އިދާރީ މަސައްކަތް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އުމުރުން 55 އަހަރުވެގެން ރިޓަޔާވާ ސިވިލް ސަރވިސް މުވައްޒަފުންނަށް އެލަވަންސެއް ލިބެންފަށާނެ ދުވަހެއް ސާފު ކުރުމަށް ގއ.ގެމަނަފުށީ މުޝްތަރީގޭ މުޙައްމަދު ނާފިޒްް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެކަމުގެ އިދާރީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އެކަމަކީ ރައްޔިތުންގެ މަޖިލީހުން ހައްލެއް ބޭނުންވާ ކަމަކަށްވާތީ، ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއެކު މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"ގާނޫނުގެ ތެރެއިން މިއަށް މަގުފަހިކުރަން އެބަޖެހޭ. މަޖިލީހަށް ފޮނުވަންޖެހޭ އިސްލާހުތަކެއް ވެސް ހުންނާނެ." ރައީސް ވިދާޅުވިއެވެ.



އުމުރުން 55 އަހަރު ވެގެން ރިޓަޔާވާ ސިވިލް ސަރވިސް މުވައްޒަފުންނަށް އެލަވަންސެއް ހަމަޖެއްސުމަކީ ރައީސް ޑރ. މުޢިއްޒުގެ އިންތިޚާބީ ވަޢުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން