އެންވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ތަމްރީނު ކުރުމުގެ ޕްރޮގްރާމް ގއ. ދެއްވަދޫ ހިންގާފައިވާ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން މިއަދު ބުނީ ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތެއް ކަމަށެވެ.
އެގޮތުން އެ ސިޔާސަތު ތަންފީޒު ކުރުމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގއ. ދެއްވަދޫ 7 ދޯނިން 7 ފަޅުވެރިއަކު ރެސްކިއުޑައިވަރ ކޯސް ފުރިހަމަކޮށްފައިވާ ކަމަށް އެވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
“ގއ. ދެއްވަދޫ ކޯސް ފުރިހަމަކުރި މަސްވެރިން; އަލީފު މުޙައްމަދު/ ކުރިމަގު 2, ރަމްޒީން މުޙައްމަދު/ ކުރިމަގު, މުޙައްްމަދު ސަވާދު/ ސަވާރީ, އަޙްްމަދު ޒާހިރު/ ފަހިމަގު, ޙަސަން ވަޙީދު/ މަސްކުރަނގި, ހަސަން ޤަދީރު / ދަރުމަ, ހާޝިމް ޢަބްދުﷲ/ ސަންޓާނާ.” މަސްވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ރެސްކިއު ޑައިވަރ ކޯސް ކުރިއަށް ގެންދިއުމަށް ގއ. ދެއްވަދޫ ކައުންސިލާއި ސަރުކާރުގެ އިދާރާތަކުން ދެއްވި އެއްބާރުލުމާ އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ.
އެންވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް މިވަގުތު ކުރިއަށް ގެންދަނީ ހުވަދު އަތޮޅުގެ ރަށްރަށުގައެވެ.
އޭގެ އިތުރުން މި ޕްރޮގްރާމް މެދުވެރިކޮށް މަސްވެރިކަމާއި އެންވެރިކަމާ ބެހޭ ގާނޫނާއި ގަވާއިދުތައް އެކުލަވާލި މަޤްސަދާއި އޭގެ މުހިންމުކަން މަސްވެރިންނާ ހިއްސާކޮށް އަހުލުވެރިކުރެވޭނެ ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު