ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭން ބޭނުންވާ ހިދުމަތްތައް އެންމެ ބާރު ސްޕީޑުގައި ފޯރުކޮށްދިނުމަށްޓަކައި އެއް ވިސްނުމެއްގައި ރައްޔިތުންނަށް ކަންކަން ކޮށްދޭނެ މަޖިލީހެއް އޮންނާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އަތޮޅުތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. އިހަވަންދުއަށް ވަޑައިގެން މިރޭ އެރަށު ރައްޔިތުންނާއިއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރައްގީއާ ރައްޔިތުންގެ ކުރިއެރުމާއި ލާބައަށްޓަކައި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަ ހުރި ކަމަށެވެ. ހާއްސަކޮށް ތަރައްގީ ވަރަށް ގިނަ ބިޔަ މަޝްރޫއުތައް ހިންގަން ހުރިކަން ފާހަގަ ކުރައްވާ އެ ހުރިހާ މަޝްރޫއެއްވެސް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ނަމަވެސް، އެކަންކަން ބާރު ސްޕީޑުގައި ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ބޭނުންވަނީ މިވަގުތު ރާއްޖޭގެ މި ނިޒާމު އޮތްގޮތުން ބައެއް ކަންކަން ނިންމުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ރައްޔިތުންގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ސަރުކާރަށް އެހީތެރިވާ މަޖިލީހެއް އޮތުމުގެ މުހިންމު ކަމާއިގުޅޭގޮތުން އެމަނިކުފާނުވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ވިދާޅުވީ، މަޖިލީސް އިންތިހާބު ގައި ގޮތް ނިންމާއިރު ރައްޔިތުންނަށް އޮތީ ދެ މަގެއް ކަމަށާއި އެއީ ކަންކަން ވާނެ ގޮތަކަށް ވުމަށް ދޫކޮށްލުން ނުވަތަ ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ބާރު ސްޕީޑްގައި ކުރިއަށް ގެންދަން އެހީތެރިވެދޭނެ މަޖިލީހެއް އިންތިހާބު ކޮށްދިނުންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން