ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ފެންވަރު ރަނގަޅު އާ ހޮސްޕިޓަލަކާއި އެއާޕޯޓެއް ހއ. ދިއްދޫގައި އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. ދިއްދޫއަށް ވަޑައިން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކުގައި އެއަރޕޯޓްތައް ތަރައްގީކުރުން މުހިންމުކަމަށާއި، އެގޮތުން ހއ. ދިއްދޫ ރައްޔިތުން އެދިފައިވާ ގޮތަށް، ދިއްދޫގައި އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށެވެ.

ހަމައެއާއެކު އެރަށަށް ބިން ހިއްކުމުގެ އިތުރު މަޝްރޫއެއް ވެސް ގެނެސްދެއްވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ދިއްދޫ ރައްޔިތުން ބޭނުންވާ ފެންވަރުގެ އަދި އެ ހޮސްޕިޓަލަކުން މުޅި އަތޮޅަށް ވެސް އޭގެ ފައިދާ ކުރާނެފަދަ ވަރަށް ރަނގަޅު ހޮސްޕިޓަލެއް އެރަށުގައި ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

އެގޮތުން މިއަހަރުގެ ބަޖެޓުގެ ތެރޭގައި އެ މަޝްރޫއު ހިންގަން މާބޮޑު ޖާގައެއް ނެތް ނަމަވެސް ބޭރު ގައުމުތަކުގެ ފަންޑު ހޯދައިގެން އެ މަޝްރޫއު ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ގިނަ ހިދުމަތްތަކެއް ލިބޭ ފެންވަރު ރަނގަޅު އާ ހޮސްޕިޓަލެއް އަޅާދޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ދިއްދުއަށް ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ފުއްދަވާނެ ކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް އަރުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން