މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް (މ)
މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް (މ)
މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މަސްވެރިންނަށް މިހާތަނަށް 561 މިލިއަން ރުފިޔާ ދޫކޮށްފައިވާނޭކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން މިއަދު ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މަސްވެރިންނަށް ދޭންޖެހި ނުދެވިވާ ފައިސާ ދެއްކުމަށް ކަމާގުޅޭ އިދާރާތައް މެދުވެރިކޮށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރަށްވަމުން ކަމަށެވެ.

އެގޮތުން ބެކްލޮގްގައި ހުރި ފައިސާ މަސްވެރިންނަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

"މިފްކޯއިން ޖަމާކުރި 35 މިލިއަން ރުފިޔާއާއެކު ސަރުކާރުން މަސްވެރިންނަށް ވައުދުވެފައިވާ ގޮތުގެ މަތިން މިދިޔަ ބުދަ ދުވަހާއި މިއަދު ހިމެނޭހެން ޖުމްލަ 105 މިލިއަން ޖަމާކޮށްދީފައިވާނެ." މަސްވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ އިއްޔެ ދޫކުރި 35 މިލިއަން ރުފިޔާއާއެކު މަސްވެރިންނަށް ފާއިތުވި ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން، ތެލަށާއި އައިސް އަށް ދީފައިވާ ފައިސާ ހިމަނައިގެން ޖުމްލަ 561 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އިއްޔެ ބުނީ 14 ޖެނުއަރީގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މިހާރު ވަނީ ޚަލާސް ކޮށްފައިކަމަށެވެ.



މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާގެ މައްސަލާގައި މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ، މަސްވެރިންނަށް ފަހިގޮތްތައް ހޯދައިދީ އެ ސިނާއަތް ފުޅާކުރުމަކީ ރައީސްގެ އަމާޒެއްކަމަށާއި، މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް އަންނަ މަހުގެ ފަހެއްގެ ކުރިން ދެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން