ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިއެއް (ކ)
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިއެއް (ކ)
މި މަހުގެ މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް އައުރެކޯޑެއް ޤާއިމުކޮށްފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހު އެކަނިވެސް 200،004 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މަސް ދުވަހުގެ ތެރޭގައި މިހާގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

މިދިޔަ މަހުވެސް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 190،000 އަށް ވުރެ މައްޗަށް އަރައިފައެވެ. މި އަހަރުގެ މިހާތަނަށް މުޅި ޖުމްލަ 392،389 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ސަރުކާރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން މި އަހަރު ރާއްޖެ ގެނައުމެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ. ދެވަނައިގައި ރަޝިއާ އޮތްއިރު، ތިން ވަނައިގައި އޮތީ އިޓަލީއެވެ.

މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1878543 ފަތުރުވެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން