ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މިއަދު މެންދުރުފަހު ވިލިމާލެއިން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑޭނީ ވިލިމާލޭގެ ބައެއް ސަރަހައްދުތަކުން 15 މިނެޓަށް ކަމަށެވެ.
އެގޮތުން ހޫނު މޫސުމާއި ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ވިލިމާލޭގެ ޕަވާރ ސިސްޓަމް އަޕްގްރޭޑު ކުރުމުގެ މަސައްކަތް މިއަދު މެންދުރު 14:00 އިން 14:30 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.
ސްޓެލްކޯއިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެކަމަށެވެ.
ހަމައެއާއެކު ކަރަންޓުގެ ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.

ވިލިމާލޭގެ ކަސްޓަމަރުންގެ ސަމާލުކަމަށް: ހޫނު މޫސުމާއި، ރޯދަ މަހުގެ ޕީކް ލޯޑަށް ތައްޔާރުވުމުގެ ގޮތުން މި ކުންފުނީގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތަކަށް މިއަދު މެންދުރު 14:00 އާއި 14:30 ދެމެދު 15 މިނެޓެއްހާއިރަށް މުޅި ރަށުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް.… pic.twitter.com/OgmIhiO6Jv
— STELCO (@STELCOMALDIVES) February 29, 2024
ހަމައެއާއެކު ކަރަންޓުގެ ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު