ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު
ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވ. ފެލިދޫ ދާއިރާގައި އެމްޑީޕީން ތާޢީދު ކުރަނީ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

އެމްޑީޕީން މިއަދު ބުނީ، ވ. ފެލިދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އަލީ ޒާހިރަށް ތާއީދު ކުރަން އެޕާޓީން ނިންމާފައިވާތީ، ފެލިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ރައްޔިތުން އަލީ ޒާހިރަށް ތާއީދުކޮށް ވޯޓު ދިނުމަށް އެދޭ ކަމަށެވެ.

ފެލިދޫ ދާއިރާގައި ހިމެނެނީ ފެލިދޫގެ އިތުރުން ފުލިދޫ އަދި ތިނަދޫ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މަޖިލީހުގެ 93 ދާއިރާގެ ތެރެއިން އެމްޑީޕީން ވާދަކުރާނީ 89 ދާއިރާއަކަށެވެ. އެ ޕާޓީން ވާދަނުކުރާ ދާއިރާތަކަކީ ވ. ފުލިދޫ ދާއިރާ، ތ. ގުރައިދޫ ދާއިރާ، ފ. ނިލަންދޫ ދާއިރާ އަދި ފުވައްމުލަކު އުތުރު ދާއިރާ އެވެ.

19 ވަނަ މަޖިލީހުގައި ފެލިދޫ ދާއިރާގެ ގޮނޑި ފުރުއްވި ޕީއެންސީގެ ފަޒުލް ރަޝީދަކީ މިހާރު އާބަންކޯގެ މެނޭޖިން ޑިރެކްޓަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން