އިންތިޚާބާބެހޭ ބިލު ދެވަނަ ފަހަރަށް މަޖިލީހުން ފާސްކޮށްފައިވާތީ އެޤާނޫނު ތަސްދީގު ކުރެއްވުމަކީ ރައީސަށް ލާޒިމުކަމެއް ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރީގެ ޕީޖީ މުޢިއްޒު މިހެން ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް ބަދަލު ގެެނެސް ފާސްކުރި އިސްލާހަށް އެޓާނީ ޖެނެރަލްގެ ލަފާ ހޯއްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޤާނޫނީ ވަކީލު އަޙްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެބިލު ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނާ އުސޫލުން މެންބަރުންގެ އަދަދު ގުނުމުން ފާސްކުރުމަށް ބޭނުންވާ އަދަދަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން ކަމަށެވެ.
އެހެންކަމުން އެބިލް ތަސްދީގު ކުރެއްވުމަކީ ރައީސަށް ލާޒިމުކަމެއް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
އިންތިޚާބުތަކާބެހޭ ޤާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފަ އެވެ. ނަމަވެސް އިއްޔެ މަޖިލީހުން ވަނީ އެ ބިލު ކުރިންވެސް ފާސްކުރި ގޮތަށް ކުރިއަށްވުރެ ބޮޑު އަޣުލަބިއްޔަތަމުން އަނެއްކާވެސް ފާސްކޮށްފަ އެެެވެ.
އެކަމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވީ އެކަމުގައި ބަންޑާރަ ނައިބުގެ ލަފައެއް ހޯއްދަވާނެ ކަމަށާއި ބަންޑާރަނާއިބު ލަފާ ދެއްވުމުން އެއާ އެއްގޮތަށް ޢަމަލު ކުރަށްވާނެ ކަމަށެވެ.
ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ނިންމާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށެވެ. އަދި ރައީސް މުއިއްޒުވެސް ވިދާޅުވެފައިވަނީ، އެދުވަހު އިންތިހާބު އޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު