ރާއްޖޭގައި ވައިގެމަގުން ސިއްހީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމަށް ހާއްސަކޮށް ސަރުކާރުން ފަށަން ނިންމާފައިވާ އެއަރ އެމްބިއުލާންސްގެ މަތިންދާބޯޓުގެ ފޮޓޯ އާންމުކޮށްފިއެވެ.

މޯލްޑިވިއަންގެ މި ބޯޓުގެ ފޮޓޯއެއް ދާދި ދެންމެއަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ އާންމު ކުރައްވާފައެވެ.

ރާއްޖޭގެ ގައުމީ ކުލަތައް ކަމުގައިވާ ރަތް ފެހި އަދި ހުދު ހިމެނޭ ދިވެހިވަންތަ ޑިޒައިނަކަށް ޑިޒައިންކޮށްފައިވާ މި އުޅަނދު ދައްކާލާފައިވާއިރު މާދަމާއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރ އެމްބިއުލާންސްގެ ހިދުމަތް ފަށާ ދުވަހެވެ.

އެކަން ރައީސް ރޭ އިއުލާނު ކުރައްވާފައިވާއިރު، މިއީ އެމަނިކުފާނުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނިގެން ކުރަން ރާވާފައިވާ ކަންކަމުގެ ތެރެއިން ކަމެކެވެ.

ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ރައީސްވަނީ މިދިޔަ އަހަރުގެ ޑިސެންބަރުގައި ވަޒީރުންގެ މަޖިލީހުގެ ލަފައާއިއެކު ނިންމަވާފައެވެ. އެގޮތުން މޯލްޑިވިއަންއާ ގުޅިގެން މިކަމަށް ހާއްސަ ދެ އެއަރ އެމްބިއުލަންސް ބޭނުންކުރުމަށާއި މި މަޝްރޫއު ކުރިޔަށްގެންދާނީ މިހާރުވެސް މިނިސްޓްރީ އޮފް ހެލްތުގައި އެމަރޖެންސީ އެމްބިއުލަންސްގެ ހިދުމަތްދޭ މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސްގެ ހިދުމަތެއްގެ ގޮތުގައި ކަމަށް ސަރުކާރުން މީގެކުރިންވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން