ރާއްޖޭގައި އެއާ އެމްބިއުލެންސްގެ ހިދުމަތް ފުރަތަމަ ފަހަރަށް ތައާރަފްކޮށްފިއެވެ.
މަޢުލޫމާޓު ލިބިފައިވާ ގޮތުގައި އެއާ އެމްބިއުލެންސްގެ ގޮތުގައި ބޭނުންކުރާނީ ޑޭޝް 8 ގެ ބޯޓަކާއި ސީ ޕްލޭނެކެވެ. އެ ބޯޓުތައް މޮޑިފައިކޮށްފައިވަނީ އެއްފަހަރާ ދެ ބަލިމީހުން އުފުލޭ ގޮތަށެވެ.
އެއާއެކު މިއަދުން ފެށިގެން ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު އެއާ އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ އެވެ. މިޚިދުމަތުގެ ދަށުން ބޮޑެތި އެކްސިޑެންޓްތަކާއި ބަލިތަކާއި އެހެނިހެން ކުއްލި ފަރުވާ ބޭނުންވާ ނުރައްކާތެރި ހާލަތްތަކުގައި އަވަސް ފަރުވާ ހޯދުމަށް ދިވެހިންނަށް ސްރީލަންކާއަށް ވަގުތުން ދެވޭނެއެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކުރެއްވުމަށްފަހު ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ އެއަރ އެންބިއުލާންސްގެ ޚިދުމަތް ފެށުމަކީ ދަތި އުނދަގޫ ކަމެއްގެ ގޮތުގައި މީގެ ކުރިން ދެކެމުން އައި ނަމަވެސް އެވިސްނުން ބަދަލުކޮށް، އެއީ ރާއްޖޭގައި ހުރި ވަސީލަތްތަކުން ޙާސިލްކޮށްދެވިދާނެ ހިދުމަތެއްކަން ރަޢީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާދީފައިވާ ކަމަށެވެ. އަދި މިއަދު މި ފެންނެނީ އޭގެ ނަތީޖާ ކަމަށް ޚަލީލް ވިދާޅުވިއެވެ.
"ރައްޔިތުން އެދޭފަދަ އޯގާތެރި، ވިސްނުންތެރި ވެރިއެއްކަން ރައީސް ޑރ.މުޢިއްޒު އެގެންދަވަނީ އެމަނިކުފާނުގެ ޢަމަލާއި ބަހުން ސާބިތުކޮށްދެއްވަމުން." އޭނާ ވިދާޅުވިއެވެ.
އެއާ އެމްބިއުލެންސްތަކުގައި ބަލި މީހުން އުފުލާއިރު އޮކްސިޖަން ފަދަ ވަސީލަތްތައް ވެސް ފުރިހަމައަށް ހުންނާނެ ކަމަށް ހެލްތު މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ އިންޑިއާއަކީ ވެސް ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންދާ ގައުމެއް ކަމަށާއި އެހެންކަމުން އެ ގައުމާއެކު ވެސް އެއާ އެމްބިއުލަންސްގެ ޚިދުމަތް ގާއިމުކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނަމަވެސް އިންޑިއާއާއެކު އެއާ އެމްބިއުލެންސް ފަށާނެ ދުވަހެއް މިނިސްޓަރު ހާމައެއް ނުކުރަށްވައެވެ.

ކިޔުންތެރިންގެ ހިޔާލު