އެއަރ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ފެށުމަށް ތައްޔާރުވެފައި
އެއަރ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ފެށުމަށް ތައްޔާރުވެފައި
އިއްޔެ ރާއްޖޭގައި އަލަށް އިފްތިތާހުކުރި އެއާ އެމްބިއުލާންސް ޚިދުމަތުގެ ފުރަތަމަ ދަތުރު ރޭ ކުޅުދުއްފުށި ސިޓީއަށް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ބަލި މީހަކު މާލެ ގެނައުމަށްޓަކައި ވީއައިއޭއިން އެއާ އެމްބިއުލާންސަށް ބޭނުންކުރާ މަތިންދާބޯޓު ކުޅުދުއްފުއްޓަށް ދަތުރު ފަށާފައިވަނީ ރޭ މެންދަމު 1:00 ގައެވެ.

އެއަރ އެމްބިއުލާންސް މެޑިކަލް ޗަރޓަރ ފްލައިޓް ކުޅުދުއްފުށީ އެއާޕޯޓައް ޖައްސާފައިވަނީ ރޭ 1:55 ގައެވެ. އަދި ބަލިމީހާ މާލެ ގެނެސްފައިވަނީ ރޭ މެންދަމު 3:20 ގައެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން އިއްޔެ ފެށި މަތިންދާބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި، ޞިއްޙީ އަވަސް ފަރުވާއަށް ބޭނުންވާ އާލާތްތައް ހަރުކޮށްފައިވާ ބޯޓެކެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށިއިރު ޑޮކްޓަރުންނާއި ނަރުހުންނާއި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުންގެ މައްޗަށް އެކުލެވޭ 15 ޞިއްޙީ ޚިދުމަތްތެރިންގެ ޓީމެއް އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ހަރަކާތްތެރިވާނެކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއެވެ.



ރިޔާސީ އިންތިޚާބުގައި ރައީސް ވެވަޑައިގެންނެވި އެއާ އެމްބިއުލާންސް ޚިދުމަތް ޤާއިމުކުރުމުގެ ވައުދުފުޅަކީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާ ތެރޭގައި ފެއްޓެވުމަށް ކަނޑައެޅުއްވި ސިޔާސަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން