އެއަރ އެމްބިއުލާންސްގެ ފުރަތަމަ ފްލައިޓް
އެއަރ އެމްބިއުލާންސްގެ ފުރަތަމަ ފްލައިޓް
އެއަރ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުންކުރަން ފަށާނީ މިމަހު 15 ގައި ކަމަށް އައިލެންޑް އެވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޢަލީ ސަލީމް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށުގައި އެއަރޕޯޓެއް ނެތް ކަމަށާއި އެހެންކަމުން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ވަށާޖެހޭ ގޮތަކަށް ދިނުމަށްޓަކައި އެޚިދުމަތުގައި ސީޕްލޭން ބޭނުން ކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ.

ސަލީމް ވިދާޅުވީ އެކަމަށްޓަކައި ސީޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އޭގެ އިތުރުން މިހާރުވެސް ބޭނުންޖެހޭ ޙާލަތުގައި ސްޓެރެޗަރ ޖަހައިގެން ސީޕްލޭންގައި ބަލި މީހުން އުފުލާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް މިމޭރުމުން ވިދާޅުވެފައިވާއިރު އިއްޔެ ރާއްޖޭގައި އަލަށް އިފްތިތާހުކުރި އެއާ އެމްބިއުލާންސް ޚިދުމަތުގެ ފުރަތަމަ ދަތުރު ރޭ ކުޅުދުއްފުށި ސިޓީއަށް ވަނީ ކޮށްފައެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން އިއްޔެ ފެށި މަތިންދާބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި، ޞިއްޙީ އަވަސް ފަރުވާއަށް ބޭނުންވާ އާލާތްތައް ހަރުކޮށްފައިވާ ބޯޓެކެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށިއިރު ޑޮކްޓަރުންނާއި ނަރުހުންނާއި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުންގެ މައްޗަށް އެކުލެވޭ 15 ޞިއްޙީ ޚިދުމަތްތެރިންގެ ޓީމެއް އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ހަރަކާތްތެރިވާނެކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން