3000 މެޓްރިކް ޓަނުގެ މަސް ކިރޭވަރުގެ ބޮޑު ބޯޓެއް މިމަހު ރާއްޖެއަށް ގެންނާނެ ކަމަށް ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ހާމަކޮށްފިއެވެ.
މިފްކޯއިން ބުނީ މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވުމާއެކު ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓް ކުރުމަށްޓަކައި ގެންނަ މި ބޯޓު ބަނދަރުކުރާނީ ކޫއްޑޫގައި ކަމަށެވެ. އަދި އެ ބޯޓުން މަސް ބޭރުކުރުމަށް ހަމަޖެހިފައިވަނީ ޔޫރަޕްގެ މާކެޓަކަށް ކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ.
މިފްކޯއިން ބުނީ ބޭރުގެ މާކެޓްތަކަށް ދިވެހިމަސް ވިއްކުމަށް މަސައްކަތްކުރަމުންދާއިރު ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި މަސް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.
ޔޫރަޕަށް މަސްބޭރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާއިރު ރާއްޖޭގެ މަހުގެ ކޮލިޓީ ހިފެހެއްޓުމުގައި ދިމާވާ މައްސަލަ ޙައްލުކޮށް އަގު ބޮޑުކޮށް މަސްވިއްކޭނެ ބާޒާރުތަކަށް މަސްބޭރުކުރުމަށް ސަރުކާރުން މިހާރު ވަނީ އަމާޒު ހިފާފައެވެ.
މިގޮތުން މިމަހުގެ ތެރޭގައި ޔޫރަޕަށް ބޭރުކުރާ މަހުގެ ފުރަތަމަ ޝިޕްމަންޓް އެކްސްޕޯޓް ކުރެވޭނެކަމަށް މިފްކޯއިން ވަނީ ލަފާކޮށްފައެވެ.
ރައީސް މުޢިއްޒުގެ ސިޔާސަތަކީ މަސްވެރިންގެ ކޯޕަރޭޓިވެއް އުފައްދައި އެ ކޯޕަރޭޓިވްގެ ހިއްސާދާރަކަށް މިފްކޯ ހެދުމެވެ. ރައީސްގެ އެރިޔާސީ ވައުދު ފުއްދެވުމަށް މަގުފަހިކުރުމަށް ސަރުކާރުން މިހާރުވަނީ އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް މުޅިން ވަކި ކުންފުންޏަކަށް މިފްކޯ ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު