އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އާދީއްތަ ދުވަހު ބޭއްވުމަށް ނިންމެވި ސަބަބުތައް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު ހާމަކޮށްދެއްވައިފިއެވެ.

އިންތިހާބުތައް ރޯދަ މަހު ނުބޭއްވޭ ގޮތަށް މަޖިލީހުން ފާސްކުރުމާ އެކު މަޖިލީސް އިންތިޚާބު ބާއްވާ ތާރީހަކީ އޭޕްރިލް މަހުގެ 21 ވާ އާދިއްތަ ދުވަހު ކަމަށް އީސީން ވަނީ ނިންމާފައެވެ. އެދުވަސް ދިމާވަނީ އާދީއްތަ ދުވަހަކާއެވެ.

އެކަމާގުޅިގެން ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން އީސީގެ ރައީސް ފުއާދު ވިދާޅުވީ އެގޮތަށް ކަނޑައެޅުއްވީ 21 އޭޕްރީލަކީ ރޯދަމަސް ނިމި 10 ދުވަސް ދިނުމަށްފަހު ލިބޭ ފުރަތަމަ ދުވަހަށް ވުމުން ކަމަށެވެ.

އަދި ހަމައެއާއެކު އިތުރަށް އިންތިޚާބު ލަސްކޮށްފިނަމަ ޤާނޫނުގައި ބުނާގޮތަށް މިހާރު އެކުލަވާލާފައިވާ މަޖިލީސް އުވުމުގެ 1 މަސް ދުވަސް ކުރިން އާ މަޖިލީސް ނުހޮވިދާނެ ކަމަށް ފެންނަ ކަމަށްވެސް ފުއާދު ވިދާޅުވެފައިވެއެވެ.

އީސީން މަޖިލީސް އިންތިޚާބު ބޭއްވުމަށް ފުރަތަމަ ނިންމާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އެދުވަސް ރަމަޟާންމަހާ ދިމާވާތީ މަޖިލީހުން ވަނީ އެއްވެސް އިންތިޚާބެއް ރޯދަމަހުގައި ނުބޭއްވޭގޮތަށް އިންތިޚާބާ ބެހޭ ޤާނޫނު އިސްލާޙު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން