މަޖިލިސް އިންތިހާބު ފަސްކުރުމުގެ ބިލަށް އެމްޑީޕީން ހުށައެޅި އިސްލާޙަށް ވޯޓުނުދީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ރިޝްވަތު ނެގިކަމަށްބުނެ ފަތުރާ ވާހަކަތައް އޭނާ ދޮގު ކުރަށްވައިފިއެވެ.
ސަނީފް އިއްޔެ މީސްމީޑިއާގައި ޙިއްސާކޮށްފައިވާ މެސެޖެއްގައި ވިދާޅުވެފައިވަނީ ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ ނޫހަކުން އޭނާއާ ގުޅޭގޮތުން ފަތުރަމުން ދަނީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ. އަދި އެކަމުގެ ހަގީގަތް ވަރަށް އަވަހަށް ހާމަކުރަށްވާނެ ކަމަށްވެސް ސަނީފް ވިދާޅުވެފައިވެއެވެ.
“އެ ބަޔަކު އެފަދަ ކަންކަން ކުރާ ސަބަބުތަކާއި އެބައިމީހުންގެ މަގުސަދު ރައްޔިތުންނަށް ހާމަކޮށް އެ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ވާހަކަވެސް ދަންނަމަވެ.” ސަނީފް ވިދާޅުވެފައިވެއެވެ.
ސަނީފާއި ގުޅޭގޮތުން އަރާފައިވާ ބައެއް އަޑުތަކުގެ ތެރޭގައި ބައެއް ވޯޓްތަކުގައި ބައިވެރި ނުވުމަށް ރިޝްވަތު ނެގުމާއި ތިނަދޫ ދާއިރާއަށް ވާދަކުރަށްވާ ސަރުކާރު ކެންޑިޑޭޓަށް ތާއީދު އިތުރު ކުރަން މަސައްކަތް ކުރުން ހިމެނެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސިޔާސަތުތަކާއި އެއްގޮތަށް އެންމެ ބޮޑަށް ވަކާލާތުކޮށް މަޖިލީހުގައި އަޑުއުފުލި މެންބަރުންގެ ތެރޭގައި ސަންނަ ހިމެނެއެވެ. ނަމަވެސް 20 ވަނަ މަޖިލީހުގެ އިންތިޚާބަށް ވާދަނުކުރެއްވުމަށް ސަންނަ ވަނީ ނިންމަވާފައެވެ.

ރަޖިސްޓްރީވެެސް ނުކޮށް ހިންގަމުންދާ "ދިޔަވަރު" ނޫހުން އަޅުގަނޑާ ގުޅޭގޮތުން ފަތުރަމުން ދަނީ ކަނޑައެޅިގެން ބުހުތާނު ދޮގު ކަމުގައި ދަންނަވަމަވެ. ކަމުގެ ހަގީގަތް ސާފު ކުރުމަށް އަޅުގަނޑާ ގުޅާ އެއްވެސް ސުވާލެއް ވެސް ކޮށްފައި ނުވެ އެވެ. pic.twitter.com/dRf9hYV6Hw
— Abdulla Saneef (@SaneefAbdulla) March 1, 2024
ސަނީފާއި ގުޅޭގޮތުން އަރާފައިވާ ބައެއް އަޑުތަކުގެ ތެރޭގައި ބައެއް ވޯޓްތަކުގައި ބައިވެރި ނުވުމަށް ރިޝްވަތު ނެގުމާއި ތިނަދޫ ދާއިރާއަށް ވާދަކުރަށްވާ ސަރުކާރު ކެންޑިޑޭޓަށް ތާއީދު އިތުރު ކުރަން މަސައްކަތް ކުރުން ހިމެނެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސިޔާސަތުތަކާއި އެއްގޮތަށް އެންމެ ބޮޑަށް ވަކާލާތުކޮށް މަޖިލީހުގައި އަޑުއުފުލި މެންބަރުންގެ ތެރޭގައި ސަންނަ ހިމެނެއެވެ. ނަމަވެސް 20 ވަނަ މަޖިލީހުގެ އިންތިޚާބަށް ވާދަނުކުރެއްވުމަށް ސަންނަ ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު