ޒުވާނުންނަށް އަމާޒުކޮށް ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ޔޫތު ހެކަތޯން މިއަދު ފަށައިފި އެވެ.
މިއަދު ހެނދުނު މާލޭ ސޯޝަލް ސެންޓަރުގައި މިހަރާކަތް ފައްޓަވައި ދެއްވީ ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދާއި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލެޖީ މިނިސްޓަރ އަލީ އިހުސާނެވެ.
މި ހެކަތޯންގައި ތިން ދާއިރާއަކުން ހުށަހެޅުންތައް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެއްވަނައަށްދާ ޓީމަކަށް 1 ލައްކަ ރުފިޔާގެ އިނާމެއް ހުށައަޅާފައިވެއެވެ. ހެކަތޯންގައި ހުށައެޅުންތައް ހުށައެޅުމަށް ހުޅުވާލާފައިވާ ތިން ދާއިރާ އަކީ މެންޓަލް ހެލްތާއި އިނޯވޭޓިވް މާކެޓްޕްލޭސް އަދި ކްރިއޭޓާ އެކޮނޮމީއެވެ.
މި ހެކަތޯން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އަސްވާޑު ވިދާޅުވީ ހެކަތޯނަށް ލިބިފައިވާ ތަރުހީބުން ދައްކުވައިދެނީ ދިވެހި ޒުވާނުންގެ ތެރޭގައި ވަރަށް ކުޅަދާނަ އަދި ފަންނީ ކުދިން ތިބިކަން ކަމަށެވެ.
މި ހަރަކާތުގައި ޒުވާން އަންހެނުން ނިސްބަތުން ގިނަ އަދަދަކަށް ބައިވެރިވެފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ޔޫތު ހެކަތޯން" ހާއްސަކޮށްފައި ވަނީ 18-35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު