ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ބ. އަތޮޅަށް ވަޑައިގެންފިއެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ސާލިހު މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ބ. އަތޮޅަށް ވަޑައިގެންފައިވާ ކަމަށެވެ. ރައީސް ޞާލިޙް ބ. އަތޮޅަށް ވަޑައިގަތުމުން ދަރަވަންދޫން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އެމްޑީޕީން "މިސްރާބު ހަމަމަގަށް" ނަމުގައި މަޖިލީސް ކެމްޕޭނު ފަށާފައިވާއިރު، އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިހާރު ގެންދަވަނީ ކުޅުދުއްފުށި ސިޓީގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މަޖިލީހުގެ 93 ދާއިރާގެ ތެރެއިން އެމްޑީޕީން ވާދަކުރާނީ 89 ދާއިރާއަކަށެވެ. އެ ޕާޓީން ވާދަނުކުރާ ދާއިރާތަކަކީ ވ. ފުލިދޫ ދާއިރާ، ތ. ގުރައިދޫ ދާއިރާ، ފ. ނިލަންދޫ ދާއިރާ އަދި ފުވައްމުލަކު އުތުރު ދާއިރާ އެވެ.

އެމްޑީޕީން ރޭވަނީ މާލޭގައި ދަނޑިކޮށި ޖަގަހައިގައި ދޮގު ދޮލަނގުގެ ނަމުގައި ޖަލްސާއެއްވެސް ބާއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން