މޫސުން ގޯސްވެ، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ގދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން މިއަދު ހެނދުނު 5:30 އިން ފެށިގެން 10:30 ގެ ނިޔަލަށް މި ސަރަހައްދުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން މި ސަރަހައްދުގައި ދިރިއުޅޭ އެންމެން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައި ވެއެވެ. އެންމެ ފަހުން މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ ހޮނިހިރު ދުވަހުއެވެ. އެއީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ނިޔަލަށެވެ.

Alert White for heavy rain and thunderstorms. pic.twitter.com/wqyzr6mtTU
— Maldives Meteorology (@MetMaldives) March 4, 2024
އެހެންކަމުން މި ސަރަހައްދުގައި ދިރިއުޅޭ އެންމެން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައި ވެއެވެ. އެންމެ ފަހުން މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ ހޮނިހިރު ދުވަހުއެވެ. އެއީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ހިޔާލު