ރައީސް ޞާލިޙް ރ.އިނގުރައިދޫ އަށް ވަޑައިގަތުން
ރައީސް ޞާލިޙް ރ.އިނގުރައިދޫ އަށް ވަޑައިގަތުން
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރ. އިނގުރައިދޫ އަށް ވަޑައިގެންފިއެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ސާލިހު މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ރ. އިނގުރައިދުއަށް ވަޑައިގެންފައިވާ ކަމަށެވެ. ރައީސް ޞާލިޙް އިނގުރައިދުއަށް ވަޑައިގަތުމުން އިނގުރައިދޫން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

20 ވަނަ މަޖިލީހުގެ އިންތިޚާބުގައި އިނގުރައިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަށްވަނީ، ސަލީމް ޙުސައިން އެވެ.

އެމްޑީޕީން "މިސްރާބު ހަމަމަގަށް" ނަމުގައި މަޖިލީސް ކެމްޕޭނު ފަށާފައިވާއިރު، ރައީސް ޞާލިޙް މިދިޔަ ހޮނިހިރު ދުވަހު ވަނީ ބ. އަތޮޅުގައި ކެމްޕޭން ޙަރަކާތްތައް ކުރިއަށް ގެންދަވާފައެވެ. އަދި އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ކުޅުދުއްފުށި ސިޓީގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މަޖިލީހުގެ 93 ދާއިރާގެ ތެރެއިން އެމްޑީޕީން ވާދަކުރާނީ 89 ދާއިރާއަކަށެވެ. އެ ޕާޓީން ވާދަނުކުރާ ދާއިރާތަކަކީ ވ. ފުލިދޫ ދާއިރާ، ތ. ގުރައިދޫ ދާއިރާ، ފ. ނިލަންދޫ ދާއިރާ އަދި ފުވައްމުލަކު އުތުރު ދާއިރާ އެވެ.

އޭގެއިތުރުން އެމްޑީޕީން ވަނީ މިދިޔަ ހަފްތާ ބަންދުގައި މާލޭ ދަނޑިކޮށި ޖަގަހައިގައި "ދޮގު ދޮލަނގު"ގެ ނަމުގައި ޖަލްސާއެއްވެސް ބާއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން