ރައީސް އަތޮޅުތެރެއަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިން
ރައީސް އަތޮޅުތެރެއަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިން
ތުޅާދޫ އެއަރޕޯޓުގެ މަސައްކަތް ހަލުވިކޮށް، އެރަށުގައި 100 ހައުސިން ޔުނިޓުގެ މަޝްރޫޢެއް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މާޅޮސްމަޑުލު ދެކުނުބުރިއަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތުޅާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދަނީ ރައްޔިތުން އުންމީދުކުރާ ވަރަށްވުރެ މަޑު ދުވެލީގައި ކަމަށެވެ.

އެހެންކަމުން އެ މަސައްކަތް ކުރިއަށްދާގޮތް ބަދަލުކޮށް ރަށުގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަވާނެ ފެންވަރުގެ އެއާޕޯޓެއް ހައްދަވައި ދެއްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ. އަދި އެ މަޝްރޫޢުގެ ސްކޯޕަށާއި ކުރާ ފެންވަރަށްވެސް ބަދަލު ގެންނަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން ތުޅާދޫފަދަ އިސްތިރާޖީ ގޮތުން މުހިއްމު ރަށްތަކުގެ ބިން އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

"އެއާޕޯޓުގެ މަސައްކަތް ހިނގަމުންދާއިރު ރަށުގެ އެހެނިހެން ބޭނުންތަކަަށް ބޭނުންވާ ބިން، ހިއްކުމުގެ މަޝްރޫޢެއް ހިންގާނެ ކަމުގައި ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ، މި އަހަރުގެ ތެރޭގައި ތުޅާދޫގައި 100 ހައުސިން ޔުނިޓުގެ މަޝްރޫޢެއް ފައްޓަވާނެ ކަމަށާއި، އެއީ ބަޖެޓުގައިވެސް ހިމެނިފައިވާ މަސައްކަތެއް ކަމަށެވެ. އަދި އެކަން ކުރާނެ ގޮތްވެސް ހޯއްދަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ބ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ އަދި ތުޅާދޫ ކައުންސިލާއި މިއަދު ބައްދަލު ކުރައްވާފައިވާއިރު، ކެންދޫ، ކަމަދޫ، ކިހާދޫ އަދި ކުޑަރިކިލް ކައުންސިލާ ބައްދަލު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން