އަނާރާގެ ކެމްޕޭން ޙަރަކާތެއްގައި ސްޕޯޓްސް މިނިސްޓަރ ރާއްޕެ އާއި، ރައީސް އޮފީހުގެ މިނިސްޓަރ ނަސީރު
އަނާރާގެ ކެމްޕޭން ޙަރަކާތެއްގައި ސްޕޯޓްސް މިނިސްޓަރ ރާއްޕެ އާއި، ރައީސް އޮފީހުގެ މިނިސްޓަރ ނަސީރު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަންކުރާ ކޮންގްރެސް ކޯލިޝަނުން ހުރާ ދާއިރާއަށް ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި ނާކާމިޔާބުވެ ވަޑައިގެންނެވި އަނާރާ ނަޢީމްގެ ކެމްޕޭނުގައި ދަޢުލަތުގެ ވަޒީރުން ޙަރަކާތްތެރިވާ ފޮޓޯތަކެއް ދައުރުވާން ފަށައިފިއެވެ.

ހުރާ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަށްވާ ކެންޑިޑޭޓު އަނާރާ ނައީމުގެ ކެމްޕެއިނުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި، ރައީސް އޮފީހުގެ ވަޒީރު އަބްދުﷲ ނަސީރާއި، ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒު މުހުސިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ބައެއް މީޑިއާތަކުގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ކެންޑިޑޭޓަކީ އަނާރާ ނަޢީމް ކަމަށެވެ.

ނަމަވެސް ކޮންގްރެސް ކޯލިޝަނުން ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރައްވައި ހުރާ ދާއިރާގެ ޓިކެޓު ހޯއްދެވީ އަބްދުﷲ ވާރިސް އެވެ. ޖެނުއަރީ މަހު ބޭއްވި ޕްރައިމަރީގައި އަނާރާއަށް ލިބިވަޑައިގަތީ 257 ވޯޓެވެ. ޕްރައިމަރީ ކާމިޔާބުކުރެއްވި ވާރިޘް 372 ވޯޓު ހޯއްދެވިއެވެ.

ފަހަކަށް އައިސް ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ، ކޮންގްރެސް ކޯލިޝަނުން ބޭއްވި ޕްރައިމަރީ ކާމިޔާބުކުރެއްވި ބައެއް ކެންޑިޑޭޓުންނަށް އޮތް ތާއީދު އަނބުރާ ގެނެސް، ޕްރައިމަރީން ބަލިވުމުން އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރަށްވާ ކެންޑިޑޭޓުންނަށް ތާއީދުކޮށް ކެމްޕޭން ކުރަށްވަމުންނެވެ.

އެގޮތުން ތިމަރަފުށި ދާއިރާ އާއި، ގއ. ވިލިނގިލި ދާއިރާ އާއި، ނ. ވެލިދޫ ދާއިރާ އާއި، އއ. މަތިވެރި ދާއިރާ ގައި މިފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން