ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި މެނިފެސްޓޯގައި ހިމަނާފައިވާ ރާއްޖޭގައި ގާއިމުކުރާ 7 އާރބަން ސެންޓަރުގެ ތެރޭގައި ދ. ކުޑަހުވަދޫ ހިމެނޭނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދ. ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށްޓަކައި ރާއްޖެ އެކި ޒޯންތަކަށް ބަހާލައިގެން އަދި އެއްފަސްކުރުމުގެ ސިޔާސަތެއްގެ ދަށުން ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅަކީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި އަދި އެންމެ ދެކުނުގެ 4 އަތޮޅުވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރެވިގެންދާނެކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ހިމެނޭ ސަރަހައްދުތަކުން މާލެސިޓީ ނުހިމަނާ އިތުރު 7 އާބަން ސެންޓަރެއް އެންމެ މަތީ ފެންވަރުގެ ޚިދުމަތްތަކާއެކު ތަރައްޤީ ކުރައްވާނެކަމުގައި ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކުޑަހުވަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރާއިރު ކައުންސިލުން ފާހަގަކުރި ހުރިހާ ކަމެއްވެސް ފުރިހަމަވެގެންދާނެކަމަށެވެ. އެގޮތުން ބަނދަރު ބޮޑުކޮށް ރަނގަޅުފެންވަރެއްގައި ތަރައްޤީކުރުމާއި ކޮމާޝަލް ހާބަރެއް ތަރައްޤީކުރުމާއި ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރުކޮށް ފެންވަރު މަތިކުރުމާއި ހޮސްޕިޓަލުގެ އާއިމާރާތެއް އެޅުމާއި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުމާއި އަދި އެނޫންވެސް އާބަންސެންޓަރެއްގައި ހުންނަންޖެހޭ ހުރިހާކަމެއް ގާއިމުކުރެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން