2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިލާންޖެހުނު އެއް ސަބަބަކީ އޭރު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދު، އެކުގައި ނުހުންނެވުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދެއްވުމަށް މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނ. މަނަދޫއަށް ވަޑައިގެންނެވެ.
އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރިޔާސީ ޕްރައިމަރީ ވެގެންދިޔައީ ވަރަށް ވެސް ވާދަވެރި ޕްރައިމަރީއަކަށް ކަމަށާއި އަދި ޕްރައިމަރީ އިން ނާކާމިޔާބުވި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ކާމިޔާބު ލިބުނު މީހުންނާއެކު މަސައްކަތް ނުކުރެވުނު ކަމަށެވެ.
އެހެންކަމުން އެއީ ރިޔާސީ އިންތިހާބު ގެއްލުނު އެންމެބޮޑު އެއް ސަބަބުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، އެހެންއެކަން ދިމާވެފައިވާއިރު، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެތެރޭގެ ޕްރައިމަރީން ބަލިވި މީހުން މޮޅުވި މީހުނާއިއެކުގައި ނުތިބެއްޖެނަމަ ބޭނުންވާ ނަތީޖާ ނުނުކުތުން އެކަށީގެންވާކަމަށެވެ.
އަދި އެހެންކަމުން، ޕްރައިމަރީން ނާކާމިޔާބުވީ ފަރާތްތަކުން ވެސް އެމްޑީޕީއާއިއެކު ކެންޑިޑޭޓުން ފަތަށް އެރުމަށް އެދިވަޑައިގަންނަވާކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވިއިރު، 2023 ގެ ރިޔާސީ ޕްރައިމަރީއާއިހަމައަށް ދިޔަ އިރުވެސް ރައީސް ނަޝީދާއި ރައީސް ޞާލިޙްއާއި ދޭތެރޭ ވަނީ މައްސަލަތަކެއް ޖެހިފައެވެ. ހާއްސަ ގޮތެއްގައި ވަކި ފެކްޝަނެއް އޭރު ހެދިފައި އޮތުމުގެ ސަބަބުން ދެން އެ ޕްރައިމަރީގައި ވާދަކުރެއްވި ރައީސް ޞާލިޙަށް ތާއީދު ކުރާ މެންބަރުން ދިޔައީ ބަހުގެ ހަމަލާތައް ދެމުންނެވެ.
އަދި ޕްރައިމަރީ ވަގަށް ނެގިކަމުގެ ތުހުމަތާއިއެކު އެމްޑީޕީ "ރޫޅާލާނެކަމަށް" ވިދާޅުވެ ރައީސް ނަޝީދުވަނީ އަމިއްލަ ޕާޓީއެއް އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު