ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ގިނަ އަދަދެއްގެ މެންބަރުން އެ ޕާޓީން ސަރުކާރު ހިންގާ ޕީއެންސީއަށް ގެންދިޔައީ ސަރުކާރުން ފައިސާ ދީގެންކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. މަނަދޫ އެމްޑީޕީގެ މެންބަރުންނާއި ބައްދަލު ކުރައްވަމުން މިއަދު ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ގެންދަވަނީ ގާނޫނު އަސާސީގައި ބޮޑު އެއްބާރު ކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ބޭނުން ކަނޑާލާ ބާރުތައް އަތްމައްޗަށް ނެގުމުގެ މަސައްކަތް ކުރައްވަމުން ކަމަށެވެ.
އެގޮތުން، ދާދިފަހުން އެމްޑީޕީގެ 12 މެންބަރަކު އެމްޑީޕީން ވަކިކޮށް ޕީއެންސީއަށް ގެންދިޔައީ، ފައިސާއަށް ކަމަށާއި ޕާޓީ ބަދަލުނުކުރި އެހެން މެންބަރުންނަށް ވެސް އެ ފައިސާ ހުށަހެޅިކަމަށެވެ.
"ފައިސާ ދީގެން 12 މެންބަރަކު ނިތްކުރިއަށް ރުލެއް އަރުވާނުލާ ފެންފޮދެއްބޯލާހެން ގެންދިޔައިރު އިތުރު މެންބަރުންނަށް ވެސް ފައިސާ ހުށައެޅި." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، ގަދަބާރާއި ބިރުވެރިކަމާއި ނުފޫޒު އިންތިހާއަށް ބޭނުންކުރަންފެށުމުން ވެރިކަމަށް ހަފްތާއެއްނުވަނީސް ސަރުކާރު ހިންގާ ދެ ޕާޓީ ބައިބައިވެއްޖެ ކަމަށެވެ. އަދި ރައްޔިތުންނަށް އެމްޑިޕީން ހޯދައިދިން ބަސްބުނުމާއި ފާޑުކިޔުމުގެ މިނިވަންކަމަށް ވެސް މި ސަރުކާރުން ހުރަސްއަޅަން ފަށާފައިވާކަމަށް އެމަނިކުފާނުވަނީ ތުހުމަތު ކުރައްވާފައެވެ.
ރައީސް ޞާލިޙް އެފަދައިން ވިދާޅުވިއިރު، އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ބަދަލުވި 12 މެންބަރުންގެ ތެރޭގައި މީގެކުރިން އެއްވެސް ވަރަކަށް ޕާޓީ ބަދަލުކޮށްފައި ނުވާ މެންބަރުން ވެސް ހިމެނޭއިރު، ދުވަހަކު ވެސް އެމްޑީޕީން ވަކިނުވާނެކަމަށް ބެލެވުނު މެންބަރުންތަކެއް ވެސް އެ ޕާޓީ ދޫކޮށް ކުއްލިގޮތަކަށް ސަރުކާރުފަޅިއަށް ބަދަލުވި ބަދަލުވުން ގިނަބަޔަކު ސިފަކޮށްފައިވަނީ ރިޝްވަތުގެ އަމަލެއް އޭގެ އަޑީގައި ހިމެނޭ ކަމެއްގެ ގޮތުގައިކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު