އައިސް ޕްލާންޓް އެޅުމަށް ފެނަކައާ ހަވާލުކުރި އެއްބަސްވުންތަކުގެ ތެރެއިން 8 އެއްބަސްވުމެއް މި ސަރުކާރުން ބާތިލްކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މަސްވެރިންނަށް ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކުރަން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ، ފެނަކައާ ޙަވާލުކުރި ބައެއް އައިސްޕްލާންޓްތަކުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދާތީ، 8 އައިސް ޕްލާންޓް އެޅުމަށް ވެފައިވާ އެއްބަސްވުންތައް ބާތިލު ކޮށްފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ފެނަކައާ ހަވާލުކުރި ނުވަ އައިސްޕްލާންޓްގެ ތެރެއިން ބައެއް އައިސްޕްލާންޓުގެ އެއްބަސްވުންތައް ހަދާފައިވަނީވެސް މަސައްކަތް ކުރެވޭ އަގަށްވުރެ ދަށް އަގެއްގައި ކަމަށެވެ. އަދި ބާތިލުކުރި އެއްބަސްވުންތަކަކީ އެއްވެސް ވަރަކަށް މަސައްކަތް ކުރިއަށް ނުދާ އެއްބަސްވުންތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އެގްރީމަންޓު ޓާމިނޭޓްކޮށް އައިސްޕްލާންޓަތައް ވީހާވެސް އަވަހަކަށް ގާއިމުކުރުމުމަށްޓަކައި މިފްކޯއާ ހަވާލު ކުރެވިގެން ޓެންޑަރިންގައި މިހާރު ވަނީ." މިނިސްޓަރު ވިދާޅުވިއެވެ.
މިސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އުފުއްލަވާ މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، އައިސްޕްލާންޓްތަކުގެ މަސައްކަތްތައް މިފްކޯ އާ ޙަވާލުކޮށްގެން މި އަހަރުތެރޭގައި ނިންމަން މަސައްކަތް ކުރާކަމަށެވެ.
އެކަމުގެ އިތުރު ތަފްސީލް ދެއްވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުގެ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގެ "ކަނޑުފަޅު ނަފާ" ލޯން ޕްރޮގްރާމްގެ ތެރެއިން އައިސް ޕްލާންޓް ޤާއިމުކުރުމަށް 10 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު