މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސްވެރިންނަށް ނުދެވި 147 މިލިއަން ރުފިޔާ އެބަހުރި ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މާޗް މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ޚަލާސް ކުރަށްވާނެ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރަމަޟާން މަސް ފެށުމުގެ ކުރިން ދައްކާ ނިންމަވާނެ ކަމަށެވެ.

ޝިޔާމް މިއަދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވީ ފަހުން މިހާތަނަށް މަސްވެރިންނަށް 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް މަސްވެރިންނަށް ދޫކޮށްފައި ވަނީ 25 ޖެނުއަރީއާ ހަމައަށް ކިރާފައިވާ މަހަށްވާ ފައިސާ ކަމަށާއި، މިދިޔަ އަންގާރަދުވަހު އެކަނިވެސް މަސްވެރިންނަށް 50 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"5 ވަނަ ދުވަހު އެކަނިވެސް 50 މިލިއަން ރުފިޔާވަނީ ދޫކޮށްފައި، އުއްމީދަކީ ރަމަޟާން މަސް އައުމުގެކުރިން ބެކްލޮގް ކްލިއާ ކުރުން." ވަޒީރު ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމް މިއަދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިހާރުހުރި ބެކްލޮގް އެއްކޮށް ކްލިއާވެ، ކޭޝްފްލޯ ހަމައަކަށް އެޅުމުން މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށުން ކަމަށެވެ. އަދި މަސައްކަތް ކުރައްވަމުން ގެންދަވަނީ އެކަން ހާސިލްކުރުމަށްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރު ނިމެން ގާތްވެފައިވަނިކޮށް، ސެޕްޓެމްބަރު މަހުގެ މަހުގެ މެދުތެރޭގައި މަސް ކިލޯއެއް 17 ރުފިޔާއިން 25 ރުފިޔާ އަށް ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް މި ސަރުކާރުން މިދިޔަ ފެބްރުއަރީ 11 ވަނަ ދުވަހު ނިންމާފައިވަނީ އެއަގު 20 ރުފިޔާއަށް ދަށްކުރުމަށެވެ.

މީގެ ކުރިން ޝިޔާމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ޙަވާލުވީއިރުވެސް މަސްވެރިންނަށް 250 މިލިއަން ރުފިޔާ ދޫނުކޮށް ހުރި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން