ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދަތްދޮޅި ދުއްވާލުމަށް ހިތްވަރު ލިބޭގޮތަށް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވާހަކަ ދެއްކެވި މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހުށައަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ. ދިއްގަރުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން މިިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޑރ މުއިއްޒުގެ ގާނޫނީ ޒިންމާ އަދާ ކުރެއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަޖިލިސް ކަމަށެވެ. އެހެންކަމުން މިއަދުވެސް މަޖިލީހުގައި ހުންނެވިނަމަ، މެމްބަރުންގެ "ދަތްދޮޅި ދުއްވާނުލާ" ހުރެވޭނެބާއޭ ހިތަށް އަރާކަމަށް މިނިސްޓްރު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް އަސްލަމް މިއަދު ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ތަފާތު އެކި އިންޒާރުތައް އަންނަމުންދާ ދުވަސްވަރެއްގައި ޒިންމާދާރު މަގާމެއްގައި ހުންނަވާ ބޭފުޅަކު މަޖިލިސް ތެރޭގައިވިޔަސް އަދި މަޖިލީހުން ބޭރުގައިވިޔަސް އަނިޔާވެރިކަމަށް ހިތްވަރުދިނުމަކީ ވަރަށް ނުރައްކާތެރި މެސެޖެއް ކަމަށެވެ.
"މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ކޮމިޓީއަށް އެމައްސަލަ އަޅުގަނޑު ހުށަހަޅާނަން. މަޖިލީހުގެ ޖަލްސާއެއް އެންމެ ފުރަތަމަ އޮންނަ ދުވަހެއްގައި އަޅުގަނޑު ފޮނުވާނަން." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، މެންބަރުންގެ ދަތްދޮޅި ދުއްވާލާނެ ކަމަށް އާދަމް ޝަރީފް ތަކުރާރުކޮށް ވިދާޅުވުމަކީ ކަންބޮޑުވާ މައްސަލައެއްކަމަށެވެ. އަދި އެކަމުގައި މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ނިންމަވާ ގޮތަކަށް ޢަމަލު ކުރަށްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މެމްބަރުންގެ "ދަތްދޮޅި ދުއްވާލާ" ވާހަކަ މިނިސްޓަރު އާދަމް ޝަރީފް ދައްކަވާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރުވެސް އާދަމް ޝަރީފް މެމްބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަަތަކެއް ދައްކަވާފައިވާ އޯޑިއެއް ލީކުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު