މަޖިލީސް މެންބަރުންގެ "ދަތްދޮޅި ދުއްވާލާ ވާހަކަ" ވިދާޅުވީ މަޖާޒީ ގޮތުން ކަމަށާއި، އެހެން ގޮތަކަށް އެކަން މާނަކުރެއްވުނު ބޭފުޅުންގެ އަރިހުން މަޢާފަށް އެދިވަޑައިގަންނަވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ. ދިއްގަރުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން މިިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޑރ މުއިއްޒުގެ ގާނޫނީ ޒިންމާ އަދާކުރެއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަޖިލިސް ކަމަށެވެ. އެހެންކަމުން މިއަދުވެސް މަޖިލީހުގައި ހުންނެވިނަމަ، މެމްބަރުންގެ "ދަތްދޮޅި ދުއްވާނުލާ" ހުރެވޭނެބާއޭ ހިތަށް އަރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އާދަމް ޝަރީފް އެމޭރުމުން ވިދާޅުވެފައިވާތީ، މަޖިލީހުގެ ރައީސް އަސްލަމް މިއަދު ވަނީ އާދަމް ޝަރީފްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ކޮމިޓީއަށް ހުށައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން އާދަމް ޝަރީފް މިއަދު ވިދާޅުވީ، ދިއްގަރުގައި ވާހަކަފުޅު ދައްކަވަމުން "ދަތްދޮޅި" އެ ބަސް ބޭނުންކުރެއްވީ އެއްގޮތަކަށްވެސް މާރާމާރީއަށް ހިތްވަރު ދިނުމުގެ ބޭނުމުގައި ނޫން ކަމަށެވެ.
"އަޅުގަނޑާ ގުޅުވައިގެން ކިޔާ އެއްޗަކަށް ވާތީ، ހިއުމާއަށް، މެޓަފޯއަކަށް ބޭނުން ކުރެވުނީ. އެހެން ގޮތަކަށް ވިސްނިވަޑައިގަންނަވާ ނަމަ މައާފަށް އެދެން" އާދަމް ޝަރީފް ވިދާޅުވިއެވެ.
މެންބަރުންގެ ދަތްދޮޅި ދުއްވާލުމުގެ ވާހަކަ މިނިސްޓަރ އާދަމް ޝަރީފް ތަކުރާރު ކުރަށްވާފައިވާތީ މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ، މެންބަރުންގެ ދަތްދޮޅި ދުއްވާލާނެ ކަމަށް އާދަމް ޝަރީފް ތަކުރާރުކޮށް ވިދާޅުވުމަކީ ކަންބޮޑުވާ މައްސަލައެއްކަމަށެވެ. އަދި އެކަމުގައި މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ނިންމަވާ ގޮތަކަށް ޢަމަލު ކުރަށްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މެމްބަރުންގެ "ދަތްދޮޅި ދުއްވާލާ" ވާހަކަ މިނިސްޓަރު އާދަމް ޝަރީފް ދައްކަވާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރުވެސް އާދަމް ޝަރީފް މެމްބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަަތަކެއް ދައްކަވާފައިވާ އޯޑިއެއް ލީކުވެފައިވެއެވެ.

Iyye alhuganduge vaahakaigai “Dhaidholhi” mi bas beynunkuree evves haalathehga violence ah hiiyvaru dhinumuge niyathugaeh noon.
— Adam Shareef Umar (@Adamshareefz) March 7, 2024
Alhugandaa gulhuvaigen kiyaa echchakah vaathee, humour ah, metaphor akah beynun kurevunee.
Ehen gothakah visnivadaigannavaa nama, ma-aafah edhen!
މެންބަރުންގެ ދަތްދޮޅި ދުއްވާލުމުގެ ވާހަކަ މިނިސްޓަރ އާދަމް ޝަރީފް ތަކުރާރު ކުރަށްވާފައިވާތީ މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ، މެންބަރުންގެ ދަތްދޮޅި ދުއްވާލާނެ ކަމަށް އާދަމް ޝަރީފް ތަކުރާރުކޮށް ވިދާޅުވުމަކީ ކަންބޮޑުވާ މައްސަލައެއްކަމަށެވެ. އަދި އެކަމުގައި މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ނިންމަވާ ގޮތަކަށް ޢަމަލު ކުރަށްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މެމްބަރުންގެ "ދަތްދޮޅި ދުއްވާލާ" ވާހަކަ މިނިސްޓަރު އާދަމް ޝަރީފް ދައްކަވާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރުވެސް އާދަމް ޝަރީފް މެމްބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަަތަކެއް ދައްކަވާފައިވާ އޯޑިއެއް ލީކުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު