އެމްޑީޕީ ކެންޑިޑޭޓް އަޙްމަދު ޒައީމް
އެމްޑީޕީ ކެންޑިޑޭޓް އަޙްމަދު ޒައީމް
ބަހުސަށް ދަނިކޮށް އެމްޑީޕީ ފަރެސްމާތޮޑާ ދާއިރާ ކެންޑިޑޭޓް ގަޔަށް ކަޅުތެޔޮ ޖަހައިފިއެވެ.

އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ އެޕާޓީގެ ކެންޑިޑޭޓް އަޙްމަދު ޒައީމް ރައްޔިތުން މަޖިލިސް 2024 ބަހުސަށް ދިޔަ މަގުމަތީގައި އޭނާ ގަޔަށް ކަޅުތެޔޮ ޖަހާފައިވާ ކަމަށެވެ.

"މި ފިނޑި އަމަލު މިޕާޓީ އިން ކުށްވެރި ކުރަން." އެމްޑީޕީން ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މަޖިލީހުގެ 93 ދާއިރާގެ ތެރެއިން އެމްޑީޕީން ވާދަކުރާނީ 89 ދާއިރާއަކަށެވެ. އެ ޕާޓީން ވާދަނުކުރާ ދާއިރާތަކަކީ ވ. ފުލިދޫ ދާއިރާ، ތ. ގުރައިދޫ ދާއިރާ، ފ. ނިލަންދޫ ދާއިރާ އަދި ފުވައްމުލަކު އުތުރު ދާއިރާ އެވެ.



އެމްޑީޕީން "މިސްރާބު ހަމަމަގަށް" ނަމުގައި މަޖިލީސް ކެމްޕޭނު ފަށާފައިވާއިރު، ކުރީގެ ރައީސް ޞާލިޙާއި، ނައިބު ރައީސް ފައިސަލްވެސް މިހާރު ވަނީ ކެމްޕޭނާއި ގުޅިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން