ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ށ. މާއުނގޫދުއަށް ވަޑައިގެންފިއެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ސާލިހު މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ށ. މާއުނގޫދުއަށް ވަޑައިގެންފައިވާ ކަމަށެވެ. ރައީސް ޞާލިޙް މާއުނގޫދުއަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ށ. ފުނަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަށްވަނީ، އިލްހާމް އަޙްމަދެވެ.

އެމްޑީޕީން "މިސްރާބު ހަމަމަގަށް" ނަމުގައި މަޖިލީސް ކެމްޕޭނު ފަށާފައިވާއިރު، ރައީސް ޞާލިޙް ގެންދަވަނީ އަތޮޅުތެރޭގެ ރަށްރަށުގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މަޖިލީހުގެ 93 ދާއިރާގެ ތެރެއިން އެމްޑީޕީން ވާދަކުރާނީ 89 ދާއިރާއަކަށެވެ. އެ ޕާޓީން ވާދަނުކުރާ ދާއިރާތަކަކީ ވ. ފުލިދޫ ދާއިރާ، ތ. ގުރައިދޫ ދާއިރާ، ފ. ނިލަންދޫ ދާއިރާ އަދި ފުވައްމުލަކު އުތުރު ދާއިރާ އެވެ.

އޭގެއިތުރުން އެމްޑީޕީން ދަނީ މާލޭގައިވެސް ކެމްޕޭން ޙަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން