ރަށްރަށުގެ ތަރައްޤީއަށް ފެށި ގިނަ މަޝްރޫއުތަކެއް މިސަރުކާރުން ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުނަދޫ ދާއިރާއަށް ވާދަކުރަށްވާ އެމްޑީޕީގެ ކެންޑިޑޭޓު އިލްހާމް އަޙްމަދުގެ ކެމްޕޭން ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުން ގެންދާ ކަމަށެވެ.

އެގޮތުން ބަޖެޓުގައި ފައިސާނެތްކަމަށް މި ސަރުކާރުން ބުނަމުންދަނީ ރަށްރަށުގައި ކުރިއަށްދާ ޕްރޮޖެކްޓްތައް ހުއްޓާލުމުގެ ބަހަނާއެއްގެ ގޮތުން ކަމަށް ރައީސް ޞާލިޙް މިއަދު ވިދާޅުވިއެވެ. އަދި ކުރީސަރުކާރުން ރަށްރަށުގައި ފެށި ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ބަޖެޓުގައި ފައިސާ ނެތްކަމަށް ބުނި ނަމަވެސް ސަރުކާރުން ސިޔާސީ މަޤާމުތަކަށް މީހުން ޢައްޔަނުކުރުން މަދުނުވާކަމަށާއި އެގޮތުން މި ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ ޢަދަދު މިހާރު 1500 އާ ގާތްކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ސިޔާސަތަކީ ވަކި ރަށެއް ތަފާތު ނުކޮށް ތަރައްޤީ ގެނައުމުގެ ސިޔާސަތު ކަމަށާއި އެމްޑީޕީގެ ވެރިކަމުގައިވެސް މަސައްކަތް ކޮށްފައިވާނީ އެ ސިޔާސަތުގެ ދަށުންކަން ރައީސް ޞާލިޙް މިއަދު ފާހަގަ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން