ހިންނަވަރަށް ލިބެންޖެހޭ ފުރިހަމަ ހައްގު ހޯއްދަވައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޅ. އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ހިންނަވަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވައި ރައީސް ވިދާޅުވީ ހިންނަވަރުގެ ރައްޔިތުން ޒަމާނުއްުސުރެ ދެކެމުން އައި ތަރައްޤީގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދީ، އެ ރަށަށް ލިބިދޭން ޖެހޭ އެންމެ ފުރިހަމަ ހައްގު މި ސަރުކާރުން ހޯދައިދޭނެ ކަމަށެވެ.
ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުންވެސް ހަމަހަމަވާނެ ކަމަށާއި ޚިދުމަތް ފޯރުކޮށްދިނުމުގައި އެމީހަކު ތާޢީދުކުރާ ސިޔާސީ ފިކުރު މުހިއްމުނޫން ކަމަށެވެ.
އެގޮތުން ހިންނަވަރަށް ދޭން ޖެހޭ ފުރިހަމަ ހައްގު ހޯއްދަވައި ދެއްވާނެ ކަމަށާއި ހިންނަވަރުގައި ހިއްކާފައިވާ ބިން ބޭނުން ކުރެވޭނެގޮތް ހައްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ބިލްތަކަށް ފައިސާ ނުދައްކައިގެން ހުއްޓިފައި އޮތް ހިންނަވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު އަލުން ހިނގާނެ ގޮތަށް އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ފާދިއްޕޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅުގެ 3 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު