ރޭ ހުޅުވާލި ދޮން އަދަރާދަ ހިނގުން މަގުގައި ސައިން ބޯޑުތައް ހަރުކޮށް ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެ މަގުގައި ޓްރެފިކު ސައިން ބޯޑުތައް ހަރުކޮށް މަގުމަތީ ލައިން ކުރެހުންތައް ވެސް މިހާރު ކުރަހައި ނިންމާފައިވާ ކަމަށެވެ.
އެއާއެކު އެ މަގުން ވެހިކަލް ދަތުރުކުރަން ފަށަން މާލޭ ސިޓީ ކައުންސިލުން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
ދޮންއަދަރާދަ ހިނގުމުން ބައެއް ފުރަތަމަ ބަންދުކުރީ ސްޓެލްކޯއިން އެސަރަހައްދުގައި އިންޖީނުގެއެއް އެޅުމަށެވެ. ސްޓެލްކޯއިން މި އިންޖީނުގެ ގާއިމުކުރީ މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވާފައިވާ ފޯތް ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައެވެ.
ސްޓެލްކޯއިން ބުނީ މި އިންޖީނުގެ ގާއިމު ކުރީ އެކުންފުނީގެ ކޮމްޕައުންޑާއި އިންވެގެން އޮތް ދޮންއަދަރާދަ ހިނގުން ބަންދުކޮށް، އެމަގަށް ވާގޮތަށް ކަމަށެވެ.
ނަމަވެސް ދޮންއަދަރާދަ ހިނގުން ބަންދުކޮށްފައި އޮތުމާއެކު އާންމުންނަށް ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކާއި، ރޯދަމަހުގެ ކުރިން މާލޭގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށް އަޒުމް ކަނޑައަޅައި، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތް ފެށީ ސްޓެލްކޯގެ އަތޮޅުތެރޭ މުވައްޒަފުން ހިމެނޭހެން ވަރުގަދަ ޓީމަކާއެކު މިދިޔަ އަހަރުގެ ޑިސެމްބަރ 17 ގައެވެ.

ކިޔުންތެރިންގެ ހިޔާލު