ރާއްޖޭގައި ހެއްދޭ ކާބޯތަކެތި ރާއްޖޭގައި އުފެއްދުމަކީ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިމޭރުމުން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރޯދަމަހާ ގުޅިގެން ކާބޯތަކެތި ހެޔޮ އަގެއްގައި ލިބޭނޭގޮތް ހައްދަވައި ދެއްވުމަށް ޢާއްމު ރައްޔިތަކު އެދިވަޑައިގަތުމާ ގުޅިގެން ރައީސް ވިދާޅުވީ، އެ މަސައްކަތް އެސްޓީއޯއިން މިހާރު ކުރަމުން ގެންދާ ކަމަށާއި ރޯދަމަހު ރައްޔިތުންނަށް ހެޔޮ އަގުގައި ކާބޯތަކެތި ލިބޭނެ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން ރައީސް ވަނީ ޙިއްސާ ކުރަށްވާފައެވެ.
"މެދު ރާސްތާއަށް އަދި ދުރު ރާސްތާއަށް އަޅުގަނޑުމެންގެ ޕްލޭނަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއްގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭގޮތް ޤާއިމްކޮށް ފުޑް ސެކިއުރިޓީ ޔަޤީން ކުރަން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭރުން ކާބޯތަކެތީގެ އަގުވެސް ދަށްވާނެ ކަމަށާއި ކުއެންޓިޓީވެސް ޔަޤީންވެގެންދާނެ ކަމަށެވެ.
ދާދިފަހުން އިނގުރައިދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ރަށްރަށަށް އިސްކަންދީ، ރާއްޖެއަށް އިންވެސްޓްމަންޓް ގެނެސް، ކުރިއަށް އޮތް ދެތިން އަހަރު ކުރާ މަސައްކަތުން ރާއްޖޭގެ ރައްޔިތުންނަށް ފުދޭވަރަށް، ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެގޮތް ޤާއިމުވެގެންދާނެ ކަމަށެވެ.
އަދި ސަރުކާރުން ބޭނުންވަނީ ދިވެހިންނަކީ ހުރިހާ މާނައެއްގައި ފުދުންތެރި، މިނިވަން، އަމިއްލަ ފައިމައްޗަށް ތެދުވެފައިތިބި ރައްޔިތަކަށް ހެދުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު