އދ.ގެ ރީޖަނަލް ކަމިޝަންސްގެ ނިއުޔޯކް އޮފީހުގެ ޑިރެކްޓަރަކަށް އދ.ގައި މީގެކުރިން ހުންނެވި ރާއްޖޭގެ ސަފީރު ތިލްމީޒާ ހުސައިން ހަމަޖައްސައިފިއެވެ.

ތިލްމީޒާ މި މަގާމަށް ހަމަޖެއްސީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އޭގެ ކުރިން އޭނާ ހުންނެވީ ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމުގައެވެ. މީގެ އިތުރުން 2019 އިން ފެށިގެން ތިލްމީޒާ ހުންނެވީ ދިވެހި ރާއްޖެއިން އެމެރިކާއަށާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރުގެ މަގާމުގައިވެސް މެއެވެ.

ޔުނައިޓަޑް ނޭޝަންސް ރީޖަނަލް ކަމިޝަންސް ނިއުޔޯކް އޮފީހަކީ އދ.ގެ ސަރަހައްދީ 5 އޮފީހެއް ވިލަރެސްކުރާ މައި އޮފީހެވެ. އާރް.ސީ.އެން.ވައި.އޯ އިން މުޅި ދުނިޔޭގެ ފެންވަރުގައި އދ. އަށް މަޝްވަރާ ދެއެވެ.

އެގޮތުން އދ.އިން ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ބައްދަލުވުންތަކަށް އެއޮފީހުން މަޝްވަރާ ފޯރުކޮށްދެއެވެ. އަދި ޔޫ.އެން. ޖެނެރަލް އެސެމްބްލީ އާއި އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލަށްވެސް ލަފާދޭ އިދާރާ އަކީ އާރް.ސީ.އެން.ވައި.އޯ.އެވެ.

ތިލްމީޒާ ވަނީ 2021 އިން 2022 އަށް ޔޫ.އެން. ޖެނެރަލް އެސެމްބްލީ އަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ހާއްސަ މަންދޫބުގެ މަގާމުވެސް އަދާކުރަށްވާފައެވެ. 2009 އިން 2012 އަށް ތިލްމީޒާ ހުންނެވީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ ނައިބުގެ މަގާމުގައެވެ. އޭގެ ކުރިން އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން