އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު
އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 87 ކަމަށް ބަލައިގަތުމަށް އުނދަގޫ ކަމަށް އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ރަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ޤަވާއިދުގެ 49 ގައި ކުރިން ހިމެނުނު މާއްދާތަކަކީ ގާނޫނު އަސާސީ 278 ރޫހާ ހިލާފު މާއްދާތަކެއް ކަމަށް ސުޕްރީމްކޯޓުން ނިންމާފައިވާއިރު، އޭގެ ފަހުން މަޖިލީހުގެ 242 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ މަފްހޫމަކީވެސް އެއް ނަތީޖާއެއް ކަމަށެވެ.

އެހެންކަމުން އެމާއްދާއަށް ޢަމަލުކުރެވެން ނެތްކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕީޖީ ލީޑަރ ރަޝީދު ވިދާޅުވީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 87 ކަމަށް ކަނޑައަޅައި މަޖިލީހުގެ ޖަލްސާ ކުރިޔަށް ގެންދިއުމަކީ ބަލައިގަތުމަށް އުނދަގޫ ކަމެއް ކަމަށެވެ. އެގޮތުން ވުޖޫދުގައި އޮތް މާއްދާއެއް، ނެތް މާއްދާއެއްކަމަށް ބަލައިގެން މަޖިލީސް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ރަޝީދު ވިދާޅުވިއެވެ.

“ސުޕްރީމް ކޯޓުގެ ހުކުމުގައި ދެއްކެވި ވާހަކަތަކުގެ ސެހެރީބައިތަކަށް ބަލާއިރު ވަރަށް ދެއުޅިއެއް ނުވާ ވާހަކަތައް ވެސް ހުރި.” ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައި، މަޖިލީހުގެ ޤަވާއިދުގައި ގޯހީ ކޮން މާއްދާއެއްކަން ބުނެދީފައި ނުވާކަމަށެވެ. އަދި ސުޕްރީމް ކޯޓުން ޤާނޫނު އަސާސީއާ ޚިލާފުކަމަށް ކަނޑައެޅި މަޖިލިސް ގަވައިދުގެ 49 ވަނަ މާއްދާގެ، (ކ)، (އ) އަދި (ވ) އަކީ މިހާރު ޤަވާއިދުގައި ނެތް މާއްދާތަކެއް ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން