ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް
ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް
ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް އިސްވެ އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންފް) އުފެއްދުމަށް ހުށަހެޅި ގިނަ ފޯމުތައް ބާތިލު ނުވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ފީއެންއެފް އިން މިހެން ބުނެފައިވާއިރު އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، 3370 ފޯމް ޕީއެންއެފުން ހުށަހެޅި ކަމަށާއި އޭގެ ތެރެއިން ސައްހަވީ 1976 ފޯމު ކަމަށެވެ.

އެކަމާ ގުޅިގެން ޕީއެންއެފް އުފެއްދެވުމައި އިސްކޮށް އުޅުއްވާ ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ސައްހަކަން ކަށަވަރު ނުކުރެވުނު ފޯމުތަކަކީ ބާތިލު ފޯމުތަކެއް ނޫން ކަމަށެވެ.

ނަމަވެސް އެ ފޯމުތަކުގައި އިދާރީ ކުދިކުދި މައްސަލަތައް ހުރި ކަމަށް މަލީީހު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ޕީއެންއެފުން ހުށައެޅި 1،313 ފޯމެއްގައި އިދާރީ މައްސަލަތަކެއް ހުރުމުން ފޯމުތައް ފުރިހަމަ ކުރުމަށް އިތުރަށް ފުރުސަތު ދީފައިވާ ކަމަށެވެ.

ރައީސް ޔާމީން އިސްވެ އުފައްދަވަން ނިންމެވި ޕާޓީ އުފައްދަން ބޭނުންވާ 3000 ފޯމް ހަމަކޮށް 24 ގަޑިއިރުތެރޭ ހުށަހަޅާނެކަމަށް އެ ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވި މަލީހް ޖަމާލް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ފޯމް ހަމަކޮށް އީސީއަށް ހުށައަޅާފައިވަނީ ފޯމު ހުށައެޅުމަށް ދިން ސުންގަޑި ހަމަވާން ކުޑަ ހިނދުކޮޅަކަށް ވެފައި ވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން