ޕީޕީއެމްގެ ފިކުރު ފައްތާލަމުންދާއިރު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހުންނަވަނީ ގިޓާ ކުޅުއްވަން ކަމަށް ވިދާޅުވެ ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޝިޔާމަށް ހޫނު ރައްދެއް ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ރައީސް ޔާމީންގެ ތާއީދާއެކު ނުކުންނަ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ކެންޑިޑޭޓަކަށް އަމާޒުކުރެއްވި ސުވާލެއްގެ ތެރެއިން ޔާމީންވަނީ ޕާޓީގެ ނައިބުން ޕީޕީއެމް ހިންގަން ނޫޅޭކަމުގެ ތުހުމަތު ކުރައްވާފައެވެ.
ޔާމީން ވިދާޅުވީ، ޕީޕީއެމްއަކީ ހަރުދަނާ އުސޫލުތަކެއް މައްޗަށް ބިނާވެފައި އޮތް ޕާޓިއެއް ކަމަށާއި އެހެންކަމުން އެ ޕާޓީއާ ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ. އެގޮތުން ޕާޓީގެ އަސާސީ ގަވާއިދަކީ ޚުދު އެމަނިކުފާނު ފަރުމާ ކުރެއްވި އެއްޗެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިއަދު އޮތީ ޕީއެންސީގެ ސަރުކާރެއް ކަމަށާ އެހެންކަމުން ޕީޕީއެމްގެ ފިކުރަށް އަދި ގަވާއިދަށް ވެސް އެމީހުން ބޯނުލަނބާނެ ކަމަށެވެ.
އަދި ޕީޕީއެމް ފިކުރު ތަޣައްޔަރު ނުވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ވާހަކަފުޅާ ގުޅިގެން ޕީޕީއެމްގެ އެއް ނާއިބު ރައީސްކަމަށްވާ ޝިޔާމް ވިދާޅުވީ، ޕީޕީއެމްގެ ފިކުރު ތަޣައްޔަރު ނުވާކަމަށާއި އަދި ﷲ ގެ އިރާދަފުޅުން ނުވެސް ކުރެވޭނެ ކަމަށެވެ. އަދި މިއަދު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ލީޑަރަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުންނަވައިގެން މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންގެ ލޯބި އިހުނަށްވުރެ ވެސް ބޮޑަށް ޕީޕީއެމަށް ހޯދައިދިނުމަށް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ ވާހަކަތަކަށް ރައްދުދެއްވަމުން މަލީހު ވިދާޅުވީ އަމިއްލަ ނަފުސަށް އެހާބޮޑަށް މަލާމާތް ކުރަން ނުވާނެ ކަމަށެވެ.
އެގޮތުން ރައީސް ޑރ. މުއިއްޒަކީ ސިޔާސީ ފިކުރެއްގެ އަހުލުވެރިއެއް ނޫން ކަމަށާއި އެއީ ކުރީގެ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲގެ ދަރިވަރެއް ކަމަށް މަލީޙް ވިދާޅުވިއެވެ.
"ޕީޕީއެމް ފިކުރުގެ ބާނީއަކީ ރައީސް ޔާމީން. އެފިކުރު މިހާރު އޮތީ ޕީއެންއެފްގައި. ޕީޕީއެމް ފައްތާލާއިރު ގިޓާކުޅެން ތިޔަހުންނެވީ." ޝިޔާމަށް ރައްދު ދެއްވަމުން މަލީހު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު