އޭސީސީގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް
އޭސީސީގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް
މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނުން ދައުލަތަށް އަނބުރައި ހޯދުމަށް އިދާރާތަކުގައި އެދިފައިވާ 50.3 މިލިއަން ރުފިޔާގެ ތެރެއިން ދައުލަތަށް އަނބުރާ ލިބުނީ، 234،531 ރުފިޔާ ކަމަށް އޭސީސީގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

އޭސީސީގެ އަހަރީ ރިޕޯޓުން ދައްކާގޮތުން އެކޮމިޝަނުން 15 މައްސަލައެއްގައި ހިމެނޭ 74 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް މިދިޔަ އަހަރު ނިންމިއެވެ.

އަދި އޭގެ ތެރެއިން ދަޢުލަތުގެ އިދާރާތަކުގައި އަނބުރާ ހޯދުމަށް އެދުނީ، 50.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް، އޭގެތެރެއިން ލިބިފައި ވަނީ ފަސް މައްސަލައެއްގައި ހިމެނޭ 234،531 ރުފިޔާކަމަށް ރިޕޯޓުގައިވެއެވެ.

އޭސީސީގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޮމިޝަނަށް ޖުމްލަ 1151 ޝަކުވާ ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ކޮމިޝަންގެ ވެބްސައިޓު މެދުވެރިކޮށް ހުށަހަޅާފައިވާ ޝަކުވާތަކެވެ.

އެގޮތުން ކޮމިޝަންގެ ވެބްސައިޓު މެދުވެރިކޮށް 619 މައްސަލައެއް ހުށަހަޅާފައިވާއިރު، އީމެއިލްގެ ޒަރީއާއިން 258 އަދި ސިޓީ މެދުވެރިކޮށް 165 ޝަކުވާ ހުށަހަޅާފައިވެއެވެ. މި ޝަކުވާތަކުގެ ތެރޭގައި އެންމެ ގިނައީ ކާކުކަން ނޭންގޭ ގޮތަށް ހުށަހަޅާފައިވާ ޝަކުވާ ތަކެވެ. އެއީ 561 ޝަކުވާއެވެ.

ކޮމިޝަންގެ އަހަރީ ރިޕޯޓުގައި ވާގޮތުން އެހެން އަހަރުތަކާ އަޅައިބަލާއިރު، މިދިޔަ އަހަރު ހުށަހެޅުނު ޝަކުވާ އިތުރުވީ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރި ފްލެޓްތަކާ ގުޅިގެންނެވެ. އެގޮތުން ގޯތިގެދޮރާ ގުޅުންހުރި 216 މައްސަލައެއް މިދިޔަ އަހަރު އޭސީސީން ވަނީ ރަޖިސްޓަރ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން