އެމްއެންޑީއެފް އެއަރ ކޯ އިފްތިތާޙު ކުރުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން ރައީސް ޑރ. މުޢިއްޒަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ޤައުމު ދިފާޢު ކުރުމުގެ ޒަމާނީ އަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރުމަށް، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެމް.އެން.ޑީ.އެފް އެއަރ ކޯރ އާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކޮށްފައިވަނީ މާފަރު އެއާޕޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެކަމާގުޅިގެން ރައީސް މައުމޫން މިއަދު ވިދާޅުވީ އެމްއެންޑީއެފް އެއަރ ކޯ އިފްތިތާޙު ކުރުމުގެ ތާރީޚީ މުނާސަބަތުގައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސިފައިންނަށް ތަހުނިޔާ ފޮނުއްވާ ކަމަށެވެ.



ސަރުކާރުން ބުނީ ދިވެހިރާއްޖޭގެ ތާރީޚުގައި މުޅިން އަލަށް ވައިގެ ބާރެއް އުފައްދަވައި، އެ ބާރުގައި ޔޫ.އޭ.ވީ ބޭނުން ކުރަން ފެށުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލާއި، ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ އަދި މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ޚިދުމަތުގެ ސަބަބުން، ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޔޫ.އޭ.ވީ ތަޢާރަފުކޮށް ދެއްވުމަށްފަހު، އެމް.އެން.ޑީ.އެފުން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެށުމުގެ ޤަރާރުގައި ސޮއިކުރެއްވިއެވެ. އެއަށްފަހު އެމް.އެން.ޑީ.އެފަށް ޔޫ.އޭ.ވީ އާއި 'އެއަރ ސަރވެއިލަންސް' ޤާބިލުކަން ހޯއްދަވައިދެއްވުމުގެ ޝަރަފުގައި، އެމަނިކުފާނަށް ހަތް ބަޑީގެ ސެލިއުޓެއް ދިވެހި ޤައުމީ ދިފާޢީ ބާރުން ވަނީ އަރުވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން